ބީއެމްއެލްގެ ހިއްސާދަރުންނަށް މިއަހަރު އިންޓަރިމް ޑިވިޑެންޑާއެކު ރިކޯޑް އަދަދެއް ފައިދާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާގެ މަގުން 188.3 މިލިއަން ރުފިޔާ އަދި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާގެ މަގުން ޖުމްލަ 69.9 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

ގައުމީ ބޭންކަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 35ރ. އަދި އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި 13ރ. ހިއްސާއަކަށް ދޭން ފާސްކުރުމުން ގިނަ ހިއްސާދާރުންނަށް ހިއްސާއަކަށް ޖުމްލަ 48ރ. ލިބޭނެ އެވެ.

ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބަހާނީ، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކޮށްގެންނެވެ.

އިންޓެރިމް ޑިވިޑެންޑް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް ހިއްސާދާރުންގެ ތެރެއިން ބޭންކުގެ ޝެއާ ރަޖިސްޓަރގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީއެމްއެލްއަކީ އާއްމުކޮށް އިންޓަރިމް ޑިވިޑެންޑް ބަހާ ކުންފުންޏެއް ވެސް ނޫނެވެ.