ރޯދަ އަށް ހާއްސަކޮށް މާލޭ ސިޓީ ކައުންސިލުން ބާއްވާ ނައިޓް މާކެޓް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އުސްފަސްގަނޑުގައި ބާއްވާ ނައިޓް މާކެޓްގެ އިންތިޒާމުތައް ހަމެޖެއްސުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މައި ފިޗުއާ ޕްރައިވެޓް ލިމިޓެޑާ މިހާރު އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މޭޒު ވިއްކުން މާދަމާ ހެނދުނު 10:00 ގައި ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ގޯތި ތެރޭގައި ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓްގެ މޭޒު ވިއްކުން މާދަމާ ހެނދުނު 10:00 ގައި ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ ގޯތި ތެރޭގައި ކުރިއަށްދާނެ ކަމަށެވެ. އޭގެ އިތުރުން އަންނަ ހޯމަ ދުވަހުން ފެށިގެން މި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އުސްފަސްގަނޑު ސަރަހައްދުގައި ބާއްވާ މި ނައިޓް މާކެޓް 10 ދުވަހަށް ކުރިއަށް ދާނެ އެވެ.

ސިޓީ ކައުންސިލުން އަންނަނީ ރޯދަ މަހަށް ހާއްސަކޮށްގެން، މާލޭގެ ދެ ސަރަހައްދެއްގައި މޭވާ އާއި ތަރުކާރީ ވިއްކަން ވަގުތީ މާރުކޭޓްތަކެއް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު އެ މާރުކޭޓްތައް ހުޅުވާނީ ދަރުބާރުގޭގެ އިރަށް އޮންނަ ހުސްބިމުގަ އާއި ރަސްފަނު ޕާކިން ޒޯނުގަ އެވެ.

އާ އަހަރާ ދިމާކޮށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި މާލޭގައި ނައިޓް މާކެޓެއް ބާއްވައިފަ އެވެ.މާލެ އަދި މި ނައިޓް މާކެޓްގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބައިވެރިވި އެވެ. ފަހުން ނައިޓް މާކެޓްތައް ހުއްޓާލީ މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުންނެވެ.