Advertisement

އިންޑިއާގެ ގޯ އެއާގެ ފްލައިޓެއް ނައްޓާލަނީ/ ފޮޓޯ: އެމްއެމްޕީއާރުސީ

ގޯ އެއާގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށަނީ

FacebookTwitterWhatsAppTelegramViber

މެދުކެނޑުމަކަށް ފަހު އިންޑިއާގެ ގޯ އެއާ އިން ރާއްޖެ އަށް އަނެއްކާ ވެސް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ފަސް މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

އަލުން ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ތިން ސިޓީއަކުންނެވެ. އެއީ ވެރިރަށް ނިއު ދިއްލީ، ބެންގަލޫރު އަދި މުމްބާއީ އެވެ. މި ތިން ސިޓީން ވެސް ސީދާ ދަތުރު ރާއްޖެ އަށް ކުރުމަށް ހަމަޖެހިފައިވާއިރު، ހަފްތާ އަކު ފަސް ދުވަހު ދަތުރު ކުރާނެ އެވެ.

އަލުން ދަތުރުތައް ފަށާއިރު މުމްބާއީ-މާލެ-މުމްބާއީ އަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު އެވެ. ދިއްލީ-މާލެ-ދިއްލީ އަށް ހޯމަ، ބުދަ އަދި ހޮނިހިރުގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު ބެންގަލޫރު-މާލެ-ބެންގަލޫރު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހާއި އާދީއްތަ ދުވަހު އެވެ.

ގޯ އެއާގެ ދަތުރުތައް އަލުން ރާއްޖެ އަށް މި ފަށަނީ އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ދުވަސްވަރާ ދިމާކޮށެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަ ހަރުގެ ޖުލައި މަހުން ފެށިގެން އިންޑިއާ ވަނީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓަށް ވެފަ އެވެ. މިދިޔަ މަހު އިންޑިއާ އިން 11,265 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top