Advertisement

މަންޓާ އެއާ އިން އާދިއްތަ ދުވަހު ކޫއްޑޫ އަށް ދަތުރު ފަށަނީ

FacebookTwitterWhatsAppTelegramViber

މަންޓާ އެއާ އިން އިތުރު މަންޒިލަކަށް ދަތުރު ކުރުމަށް ނިންމައިފި އެވެ.

ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަންޓާ އެއާ އިން ވަނީ މާލެ އިން ކޫއްޑޫ އަށް ދަތުރު ކުރުމަށް ނިންމާފަ އެވެ. އެގޮތުން، މާލެ އިން ކޫއްޑޫ އަށް ކޮންމެ ދުވަހަކު ދަތުރު ކުރާނެ އެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ވައިގެ ދަތުރުތައް ފެށިތާ އަހަރެއް ނުވަނީސް އެ އެއާލައިން އިން އިތުރު މަންޒިލަކަށް ދަތުރު ފެށުން އެއީ ހާސިލް ކުރެވުނު އިތުރު ލަނޑުދަޑިއެއް ކަމަށެވެ.

މި މަހުގެ ތެރޭގައި މަންޓާ އެއާ އިން ވަނީ ސީޕްލޭން ދަތުރުތައް ފެސް ފަށާފަ އެވެ. ސީޕްލޭން ދަތުރުތަކަށް އެ އެއާލައިން އިން ވަނީ ހަ ސީޕްލޭން ގެނެސްފަ އެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ މަންޓާ އިން މިވަގުތު ދަތުރުކުރަނީ ބ. އަތޮޅާއި ދ. އަތޮޅަށެވެ.

މަންޓާ އެއާ އިން ވަނީ ފާއިތުވެދިޔަ ކުޑަ މުއްދަތުގެ ތެރޭގައި ފަސިންޖަރުންގެ އިތުބާރު ހޯދާ، ވަރަށް ބޮޑަށް މަގުބޫލުކަން ހޯދާފަ އެވެ.

މަންޓާ އެއާ އިން ބުނީ ހުވަދު އަތޮޅަށް މި ފަށާ ދަތުރުތަކުގައި ވެސް ފަސިންޖަރުންނަށް ހިތްހަމަޖެހޭ ތަޖުރިބާއެއް ލިބޭނެ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top