Advertisement

އަމިއްލަ އަށް ޗެކިން ވުމުގެ ހިދުމަތް ދޭން މަންޓާ އެއާ އިން ތައްޔާރުވެއްޖެ

FacebookTwitterWhatsAppTelegramViber

މަންޓާ އެއާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް އަމިއްލަ އަށް ޗެކިން ވެވޭނެ ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގއ. ކޫއްޑު އަށް ދަތުރުތައް ފެށުން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އޭވިއޭޝަން ހިދުމަތްތައް ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަ ކުރުމަށްޓަކައި ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފަސިންޖަރުންނަށް "ސެލްފް ޗެކިން" ގެ ހިދުމަތް ނުވަތަ އަމިއްލަ އަށް ޗެކިން ކުރެވޭނެ ހިދުމަތް ދިނުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުންނަށް މި ހިދުމަތް ދޭން އަޅުގަނޑުމެން ވަނީ މިހާރު ތައްޔާރުވެފައި. ސެލްފް ޗެކިންގެ ޚިދުމަތް ފެށުމުން މަންޓާ ވާނީ ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމްކޮށް، ހިދުމަތްދޭ ފުރަތަމަ އެއާލައިނަށް،" ހަލީލް ވިދާޅުވި އެވެ.

ކޫއްޑޫ އަށް ދަތުރު ފެށުމުގެ ގޮތުން، މަންޓާ އެއާ އިން ވަނީ އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކަން ނިންމާފަ އެވެ. އެގޮތުން، ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ހަތް ދުވަސް ކުރިން ޓިކެޓް ބުކިން ހަދައިގެން 829ރ. އަށް އެއްކޮޅު ޓިކެޓް ވިއްކާއިރު ހަތަރު ދުވަސް ކުރިން ޓިކެޓް ބުކިން ހަދައިގެން 869ރ. އަށް އެއްކޮޅު ޓިކެޓް ލިބޭނެ އެވެ.

ކޫއްޑޫ އަށް ރަސްމީކޮށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެންނެވެ.

މަންޓާ އެއާ އިން މިވަގުތު ދަތުރު ކުރަނީ ދ. ކުޑަހުވަދޫ އަދި ބ. ދަރަވަންދޫ އަށެވެ. މީގެ އިތުރުން، ސީޕްލޭންގެ ހިދުމަތް ވެސް މަންޓާ އެއާ އިން ވަނީ ފަށާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top