މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން އަންނަ ރަމަޟާން މަހު ހިދުމަތް ދޭނީ ހުޅުވިފައި ހުންނަ ދުވަސްތަކުގައި ތިން ގަޑިއިރަށް ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މީރާއިން ބުނީ ރޯދަ މަހު އެއޮތޯރިޓީގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުން ނަންބަރު ދޫކުރާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ހެނދުނު 9 އިން 12 އަށް ކަމަށެވެ. ހަމަ އެހެންމެ ޝައްވާލު މަހުގެ ހަތް ދުވަހު ވެސް ހިދުމަތް ދޭނީ އެގޮތަށް ކަމަށް މީރާއިން ބުނެފައިވެ އެވެ.

މީރާއިން އިތުރަށް ބުނީ، އެ ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުން ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެއޮތޯރިޓީގެ ސާވިސް ސެންޓަރުން ނަންބަރު ނެގޭނެ ކަމަށެވެ. އަދި މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގޭނެ ކަމަށް ވެސް މީރާއިން ވަނީ ބުނެފަ އެވެ.

މީރާގެ ގިނަ ހިދުމަތްތައް އެ އޮތޯރިޓީން ދެމުން ގެންދަނީ އޮންލައިން ކޮށެވެ. އެގޮތުން މީރާގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.