ކުރިއަށް އޮތް ރޯދަމަހު ވެމްކޯއިން ކުނި ނަގާނެ ވަގުތުތައް އާއްމުކޮށްފި އެވެ.

ވެމްކޯއިން ބުނީ، އަންނަ ރޯދަމަހު ގޭބީސީތަކުން ކުނި ނަގާނީ ރޭގަނޑު 8 އިން 12 އަށް ކަމަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ލިބޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ދޭނީ ހެނދުނު 9 އިން ހަވީރު 5 އާއި ރޭނގަނޑު 8 އިން މެންދަމު 1 އާއި ހަމައަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރު ފަހު 2 އިން ހަވީރު 5 އާ ހަމައަށް، އަދި ރޭގަނޑު 8 އިން ދަންވަރު 1 އަށް ކަމަށް ވެމްކޯއިން ބުންޏެވެ. އަދި އެހެން ދުވަސްތަކުގައި ކޮމާޝަލް ކަލެކްޝަންގެ މަސައްކަތް ހެނދުނު 9 އިން ހަވީރު 4 އަށާއި، ރޭގަނޑު 10 އިން ފަތިހު 4 އާއި ހަމައަށް ކުރިއަށް ދާނެ ކަަމަށް ވެމްކޯއިން ބުންޏެވެ. ހުކުރު ދުވަސްތަކުގައި މެންދުރުފަހު 2 އިން ހަވީރު 5 އާއި، ރޭގަނޑު 10 އިން ފަތިހު 4 އަށް ހިދުމަތް ދޭނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.

ވެމްކޯއިން ބުނީ އެކުންފުނިން ކޯލް އެންޑް ޕިކް-އަޕް ސާވިސް ދޭނީ ހެނދުނު 9 އިން ހަވީރު 4 އަށާއި، ރޭގަނޑު 8 އިން މެންދަމު 1 އަށް ކަމަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރު ފަހު 2 އިން ހަވީރު 5 އާއި، ރޭގަނޑު 8 އިން މެންދަމު 1 އަށް އެ ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.