Advertisement

ސައުތު ޕާމް ރިސޯޓް ހުޅުވައިފި، އައްޑޫ ރައްޔިތުންގެ ހުވަފެނެއް ހަގީގަތަކަށް

FacebookTwitterWhatsAppTelegramViber

އެތައް އަހަރަކަށް ފަހު އައްޑޫގައި އާ ރިސޯޓެއް ހުޅުވައިފި އެވެ.

ސ. ހުޅުމީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރައިގައި ތަރައްގީކޮށްފައިވާ "ސައުތު ޕާމް މޯލްޑިވްސް ރިސޯޓް" ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ސ. ގަމުން ފުރައިގެން ދިހަ މިނެޓުން ދެވޭ ހިސާބުގައި އޮންނަ މި ރިސޯޓުގައި ތަފާތު ހަ ކެޓަގަރީއެއްގެ ކޮޓަރި ހުރެ އެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޕޫލް ލާފައިވާ ކޮޓަރިތައް ވެސް ހިމެނެ އެވެ. މި ރިސޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓެއްގެ އިތުރުން، ދެ ބާ ހުރެ އެވެ. އަދި ސްޕާއެއްގެ އިތުރުން، ޑައިވް އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއް ހުރެ އެވެ.

މިހާރު ހުޅުވާފައި ވަނީ އިސްމެލާ ހެރާގައި ތަރައްގީކުރާ ރިސޯޓުގެ ފުރަތަމަ ފިޔަވައްސެވެ. މި ރިސޯޓް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި ހިމެނޭ ކޮޓަރިތަކާއި އެހެނިހެން ވަސީލަތްތައް މިހާރު ހުޅުވާފައިވާއިރު، ދެވަނަ ފިޔަވަހީގައި އިތުރު 110 ކޮޓަރި އެޅުމަށް ހަމަޖެހިފައިވެ އެވެ. ތިންވަނަ ފިޔަވަހީގައި ހިމެނެނީ، ޖެހިގެން އޮންނަ ކެޑެވާހެރަ ކޯޒްވޭ އަކުން ގުޅުވާލައި އެ ސަރަހައްދުގައި މޫދު ކޮޓަރިތަކެއް އެޅުމެވެ.

އިސްމެހެލާ ހެރައިގައި ރިސޯޓެއް ތަރައްގީކުރުމަކީ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ދެކެވެމުން އަންނަ ވާހަކަ އެކެވެ. އެހެންކަމުން، މިއީ އައްޑޫ ރައްޔިތުންގެ އުއްމީދުތަކާ ވެސް ގުޅިފައިވާ ރިސޯޓެކެވެ.

ސައުތު ޕާމް ރިސޯޓުގެ އިތުރުން، އައްޑޫގައި މިވަގުތު ހިންގަނީ ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓާއި ހެރަތެރޭގައި ހިންގާ ކެނަރީފް މޯލްޑިވްސް އަދި ގަމުގައި ހިންގާ އީކުއޭޓާ ވިލެޖް އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top