Advertisement
ދައްކަންޖެހޭ ޓެކްސް ފައިސާ އާއި އެހެނިހެން ފައިސާ ދެއްކުމަށް ދަތިވެފައިވާ މީހުންނަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިތުުރު ލުޔެއް ދީފި އެވެ.
"އެންފޯސްމަންޓް ޕޮލިސީ" އަށް ގެނައި ތިން ވަނަ އިސްލާހާ ގުޅިގެން، މީރާ އިން ވަނީ އަންނަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް އެދި ހުށަހަޅާ މީހުންނަށް އިތުރު ލުޔެއް ދޭން ނިންމާފަ އެވެ. އެގޮތުންް، އެ މުއްދަތުގައި އިސްޓޯލްމަންޓަށް އެދި ހުށަހަޅާ މީހުންނަށް، އާންމުކޮށް އިންސްޓޯލްމަންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށް ވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް މީރާ އިން ބުންޏެވެ.
"އެންފޯސްމަންޓް ޕޮލިސީ" އަށް ގެނައި ތިން ވަނަ އިސްލާހާ ގުޅިގެން، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދޭ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް އިސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ އެވެ.
މި އިސްލާހުގެ ސަބަބުން ފައިސާ ދައްކަން ދަތިވެފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފައިސާ ދައްކަން ލުއިތަކެއް ލިބޭނެ އެވެ. މީރާ އިން ވަނީ މި މި އުސޫލްގައި ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުން ފައިސާ ދައްކަން ޖެހޭ ތާވަލެއް ކަނޑައަޅާފަ އެވެ.
އައްޑޫ ބިން ހިއްކުމާއި މަގުގެ ޑިޒައިން 100 މިލިއަނަށް އިންޑިއާ 2 ކުންފުންޏަށް
ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި
މިދިޔަ މަހު އެކްސްޕޯޓް ދަށްވެއްޖެ، އިމްޕޯޓް މައްޗަށް
އެމެރިކާ މީހުން މި އަހަރު އެންމެ ގިނައިން ގޫގްލް ކުރި މަންޒިލަކީ ރާއްޖެ
މިދިޔަ 10 އަހަރުގެ އެންމެ ރަނގަޅު އާ ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ 3 ރިސޯޓް
އެމޭޒަން އިން ބޭނުންވަނީ ރޮބޮޓްގެ އެހީގައި 30 މިނެޓުން މުދާ 'ޝިޕް'ކުރަން