Advertisement

ޓެކްސްއާ ހެދި ލުއީ ވިޓޮން މުވައްޒަފުންނަށް ދީފައިވާ ޑިސްކައުންޓް ކަނޑާލައިފި

FacebookTwitterWhatsAppTelegramViber

މުވައްޒަފުންނަށާއި އެމީހުންގެ ޢައިލާތަކަށް ލުއީ ވިޓޮން އިން ދީފައިވާ ބޮޑެތި ޑިސްކައުންޓް އަގުތައް ކަނޑާލަން ޖެހިއްޖެ އެވެ. ސަބަބަކީ، 'ބާގެއިން' އަގުތަކަކީ ވެސް ޓެކްސް ނަގަންޖެހޭ ފަދަ ފައިދާއެއް ކަމަށް ފަރަންސޭސިވިލާތުގެ ޓެކްސް ނަގާ އިދާރާއަކުން ނިންމުން ކަމަށް މިކަން ދަންނަ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

އެލްވީއެމްއެޗް ބްރޭންޑުން އެއްބަސްވީ، ނުވިކި ހުންން މުދާތަކުން މުވައްޒަފުންނަށް 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ދިނުން ހުއްޓުމަށެވެ. މިހާރު އެ ކުންފުނިން ވިސްނަނީ ޑިސްކައުންޓް 75 ޕަސެންޓު ގައި ބެހެއްޓުމަށެވެ. އެއާއެކު، ފަރަންސޭސިވިލާތުގެ މުވައްޒަފުންނަށް މުދާ ގަންނަން ލިބޭ އަގުތައް ދެގުނައަށް ވުރެ ވެސް ބޮޑުވެގެންދާނެ އެވެ.

މުވައްޒަފުންނަށް ދެވޭ ޑިސްކައުންޓް ކުޑަވުމުގެ ސަބަބުން، ފިހާރަތަކުން ޑިސްކައުންޓް ނުދޭން ލުއި ވިޓޮން އިން ގެންގުޅޭ ޕޮލިސީ ތަންފީޒުކުރުމުގައި މައްސަލަތައް ދިމާވާނެ އެވެ. އެހެނީ، އެތެރެއިން މުވައްޒަފުންނަށް ވިއްކުމުން، ނުވިކި ހުންނަ މުދާތަކުގެ ސްޓޮކް ހުސްކޮށްލުމަށް އެހީތެރިވެދޭތީ އެވެ.

އޭނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުން ކޮންސިއުމަރުންނަށް ޑިސްކައުންޓް ނުދިނުމަކީ، އެލްވީއެމްއެޗް ގެ ޗެއަރމަން ބާނާޑް އާނޯލްޓް އެންމެ ފަޚްރުވެރިވާ އެއް ކަންތަކެވެ.

ލުއީ ވިޓޮން އިން މުވައްޒަފުންނަށް ދޭ ޑިސްކައުންޓް ކުޑަކުރުމަށް މަޖްބޫރުވެގެން މިދިޔައީ، ފެޝަން ބްރޭންޑްތަކުން ނުވިކި ހުންނަ މުދާތަކުގެ އަގު ހިފެހެއްޓުމަށްޓަކައި، އެތަކެތި ނައްތާލުމާއި، އަނދާލުމާއި، ކުނިގޮނޑުތަކުގައި ވަޅުލުން ފަދަ ކަންތައްތައް އާ ޤާނޫނުތަކުން މަނާކުރަމުންދަނިކޮށެވެ.

ފަރަންސޭސި ޓެކްސް އިދާރާތަކުން މި އެޅި ފިޔަވަޅުގެ ސަބަބުން ފަރަންސޭސިވިލާތުގައި ގިނަ ޢަދަދަކަށް ޖަމާވާ ނުވިކި ހުންނަ މުދާތައް ފަރަންސޭސިވިލާތުން ބޭރުގައި އުޅޭ ލުއީ ވިޓޮން ގެ މުވައްޒަފުންނަށް ޑިސްކައުންޓް ރޭޓުގައި ވިއްކަން ޖެހުމުން އެ މުވައްޒަފުންނަށް އޭގެ ފައިދާ ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top