ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ޙާއްޞަ ކެމްޕޭންއެއް ތައާރަފުކުރެ އެވެ. ދިވެހި ސަގާފަތާއި، އާދަކާދަތަކާއި، ތާރީހީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް، އެކުވެރިކަމާއި އޯގާތެރިކަމާއެކި އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ރީތި މެސެޖަކާއެކު އެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އުރީދޫގެ ރޯދަ ކެމްޕެއިން ވަނީ ހާއްސަ ރަހަތަކުން ފުރިފަ އެވެ. މި ކެމްޕޭން ހާއްސަ ކުރެވިފައިވަނީ ދިވެހިންގެ ހިތްތަކުންނާއި ބަދިގެތަކުން ޖާގަ ހޯދައިފައިވާ މަޝްހޫރު ކަނޑޫދޫ މިރުހަށެވެ.

އުރީދޫން ބުނިގޮތުގައި މި ކެމްޕޭންގައި އެންމެ އިސްކަމެއް ދެނީ "ކަނޑޫދޫ މިރުސް" ބްރޭންޑެއްގެ ގޮތުގައި ގާއިމްކޮށް، މި ޕްރޮޑަކްޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށެވެ.

ކެމްޕޭން މިއަދު އިފްތިތާހުކޮށްފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފާއި، ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާންއާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޚާލިދު އަލްޙަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި، ކަނޑޫދޫ ކައުންސިލްގެ އިއްޒަތްތެރި މެހެމާނުން ބައިވެރިވި ޚާއްސަ ހަފްލާއެއްގަ އެވެ.

"ދިވެހި މި މިރުހުގެ މަގްބޫލުކަމާއި ހާއްސަކަމުގެ މައްޗަށް ބިނާކޮށް، ކަނޑޫދޫ ކައުންސިލާ ގުޅިގެން އުރީދޫގެ ރަމަޟާން ކެމްޕެއިންގެ ދަށުން މި މިރުހަށް ހާއްސަ ބްރޭންޑެއް ވަނީ ތައާރަފްކޮށްފައި. އޭގެ ތެރޭގައި ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭ ގޮތަށް ބްރޭންޑެއް ގާއިމްކޮށްފައިވަނީ ކަނޑޫދޫގެ ރައްޔިތުން އާ ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައި،" އުރީދޫން ބުންޏެވެ.

ރޯދަމާ ދިމާކޮށް އުރީދޫން

ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާއެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއް ވެސް ތައާރަަފްކޮށްފަ އެވެ. މި ހޮޓް ސޯސްގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައި ވަނީީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށް ވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށް ވެސް ކަމުދާނެހެންނެވެ. ކަނޑޫދޫ މިރުސް ހޮޓް ސޯސް ގަންނަން ބޭނުންވާ ފަރާާާތްތަަކަަަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމާސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

"މިއަހަރުގެ ރަމަޟާން މަހަށް އަަޅުގަަނޑުމެންް މިވަަަނީ ކަނޑޫދޫ ކައުންސިލާއި ގުޅިގެން ދިވެހި އުފެއްދުމެއްކަަމަަށް ވާ ކަނޑޫދޫ މިރުހުގެ ނަން އިތުރަށް ވަަރުގަދަަަކޮށް ރާއްޖެ އާއި ބަައިނަަަަލްއަގްވާާމީ މާކެޓުތަކުގަައި ޕްރޮމޯޓްކުރުމަށް ހާއްްސަ ބްްްރޭންްޑްއެއްް ގާާއިމްކޮށްފައި. އަަޅުގަނޑުމެންގެ މައިގަނޑު މަގްސަދަަކަށްވީ ކަަނޑޫދޫގައި ހެދޭ މި ހާާއްސަ މިރުހުގެ ފުރިހަަމަަަ މަަންފާާ ރަަށުގެ ރައްޔިތުންނަަށް ހޯދުމުގެ ފުރުސަަތުތަަކާއެކު ރަށުގެ އިގްތިސާާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުމަށް. މި ޕާޓްނަޝިޕާާއެކު ކުރިއަަށްއޮތް ތަަނުގަައި ވެސް ކަނޑޫދޫ ރައްޔިތުންނާާއެކު މި ބްރޭންޑް އިތުރަށްް ކުރިއެރުވުމުގައި ދެމިތިބޭނެ ކަަމުގެ ޔަަގީންކަންް އަަރުވަން،" ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވި އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ އުރީދޫގެ އިސްނެގުމުގެ ދަަށުން މިއަަަަދު މި ލޯންޗްކުރި ކެމްޕެއިނަކީ އެލްޖީއޭގެ ސްޓްރެޓީޖިކް އަމާޒުތަކާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް ކަމަށެވެ.

"އުރީދޫ މޯލްޑިވްސްއާއި ކަނޑޫދޫ ކައުންސިލުނ ގުޅިގެން މި ކުރެވުނު މަސަައްކަަަަތަަކީ ރާއްޖޭގެ ރަށްރަށުގެ މުޖުތަަމަައުތަކުގެ އިގްތިސާދު ކުރިއެރުވުމަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގަަަައި ކުންފުނިތަކުގެ ބަައިވެރިވުމުގެ މުހިންމުކަން ދަަައްކުވައިދޭ ނަމޫނާ ޕާޓްްނަޝިޕެއް." އޭނާ ވިދާޅުވި އެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ އުރީދޫ ފަދަ މަލްޓިނޭޝަނަލް ކުންފުންޏެއްގެ އިސްނެގުމުގެ މަތިން ބްރޭންޑެއްގެ ގޮތުގައި ކަނޑޫދޫ މިރުސް ޕްރޮމޯޓްކުރުމުގެ ކެމްޕެއިނެއް ކުރިޔަށް ގެންދިޔުމަށް ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކީ، އެ ކައުންސިލުން އުފަލާއެކު މަރުހަބާކިޔާ ކަމެއް ކަމަށެވެ.

" މިކެމްޕެއިންގެ ތެރެއިން ކަނޑޫދޫ މިރުހުން އުފައްދާފައިވާ ސޯސްއެއް 'ކަނޑޫދޫ މިރުސްގެ' ނަމުގައި ވަނީ މާކެޓަށް ނެރެވިފަ. އަދި މިސޯސް އާއި ކަނޑޫދޫ މިރުސް މާކެޓް ކުރުމަށްޓަކައި، ކަނޑޫދޫ މިރުސް.ކޮމްގެ ނަމުގައި ހާއްސަ ވެބްސައިޓެއް މިވަނީ ލޯންޗް ކުރެވިފަ. މިފަދަ ކޮންމެ ކަމަކީ އެކަމުގެ މަންފާ އާއި ހެޔޮ ބަދަލު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް މިނެރެވުނު ކަނޑޫދޫ މިރުހުން ލިބޭނެ މަންފާ ތަކަކީ ކޮބާތޯ ހޯދާ ބަލާ، ކަނޑޫދޫގައި ހައްދާ ކުޅި މިރުހުގެ މަންފާ ކަނޑޫދޫ ރައްޔިތުންނަށް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.

2001 ވަނަ އަހަރުން ފެށިގެން ކަނޑޫދޫ މިރުސް ވަނީ އޭގެ ތަފާތު ރަހަަަަައާާއި ވަަަސް އަަަަަދި ހާާއްސަަަ ކުޅިކަމަަށްޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައި ވެސް ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފަ އެވެ.

ކަނޑޫދޫ މިރުހަަަކީ ތ. އަތޮޅު ކަނޑޫދޫގައި ހެދޭ ގިތެޔޮ މިރުހުގެ ތަފާތު ބާވަތެކެވެ. މުޖުތަަަމަައުގެ ކުރިއެރުމަަށް މަަަަސައްކަަަތްްކުރާާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއަކީ ދިވެހިންގެ ކުރިއެރުމަަަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން ބްރޭންޑް ކުރުމުގެ މުހިންމުކަަން ފާހަަގަކޮށް އުރީދޫން ކަނޑޫދޫ ކައުންސިލާ ގުޅިގެން މި މަސައްކަތް ފަށާާާފައިމި ވަަނީ ކަނޑޫދޫ މިރުސް އަައު ހަަަރުފަތަަަަކަަށް ގެންދިއުމުގެ މަަގްސަަަދުގަަ އެވެ.