Advertisement

ސަރުކާރުގެ 19 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށައިފި

FacebookTwitterWhatsAppTelegramViber

ސަރުކާރުން އުފައްދާފައިވާ 19 ކުންފުންޏެއް އުވާލަން ނިންމައި އެ މަސައްކަތް ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ ލިސްޓުގައިވާ ގިނަ ކުންފުނިތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފައްދާފައިވާ ކުންފުނިތަކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
  • ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން
  • މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަން
  • ނޯތު ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން
  • ނޮދާން ހެލްތު ސާވިސަސް ކޯޕަރޭޝަން
  • ސައުތު ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން
  • ސަދާން ހެލްތު ސާވިސަސް ކޯޕަރޭޝަން
  • އަޕާ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަން
  • އަޕާ ސައުތު ހެލްތު ސާވިސަސް ކޯޕަރޭޝަން
  • ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  • ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  • ކުޅުދުއްފުށި ޕޯޓް ލިމިޓެޑް
  • ހިތަދޫ ޕޯޓް ލިމިޓެޑް
  • މަޑިވަރު ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
  • ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް
  • ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
  • މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
  • ހަޒާނާ މޯލްޑިވްސް ލިމިޓެޑް
  • ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް

މިއީ މިހާރު އެއްވެސް މަސައްކަތެއް ނުކުރާ ކުންފުނިތަކެވެ. މި ކުންފުނިތައް އުވާލުމަށްޓަކައި މިހާރު ވަނީ އެ ހިދުމަތް ފޯރުކޮށްދޭ ދެ ފަރާތަކާ ހަވާލުކޮށްފަ އެވެ.

ސަރުކާރު ހިއްސާވާ ޖުމްލަ 31 ކުންފުނި އުފައްދާފައިވެ އެވެ. އޭގެ ތެރެއިން ވަރަށް މަދު ކުންފުންޏެއް ފިޔަވައި ގިނަ ކުންފުނިތަކަކީ ސަރުކާރުގެ އެހީއާ ނުލައި ދެކޮޅު ނުޖެއްސޭ ކުންފުނިތަކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top