އިތުރު ޑޭޓާ ލިބޭ އޮފާތަކާއެކު ދިރާގުން ރޯދަ މަހަކަށް ހާއްސަ ޕްރޮމޯޝަންތަކެއް މިއަދު ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ ފައިބާ ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް އިތުރު ޗާޖަކާ ނުލައި 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ. އެ އޮފާ ތައާރަފްކުރީ ރޯދަ މަހު ގިނައިން އިންޓަނެޓް ބޭނުންކުރަންޖެހޭތީ އިންޓަނެޓް ބޭނުންކުރަން ފަސޭހަކުރުމުގެގޮތުން ކަމަށް ދިރާގުން ބުންޏެވެ.

މީގެއިތުރުން ދިރާގު މޮބައިލް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާތަކެއް ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން މޮބައިލް އެޕުން ޑޭޓާ ހަދިޔާ ކުރުމުން 100 ޕަސެންޓް އިތުރު ޑޭޓާ ހިލޭ ލިބޭނެ އެވެ. ދިރާގު ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާ ބަންދެއްގައި އިތުރު ދެ ޖީބީ ޑޭޓާ ލިބޭނެއެވެ.

އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އަމިއްލަ ވޮއިސް ޕްލަސް ޕްލޭނުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ރޯދަ މަހަކީ އެހެން މަސްތަކާ އަޅާ ބަލާއިރު ދިރާގު ޓީވީ ބަލާ މީހުންގެ އަދަދު އިތުރުވާ މަހަކަށްވާތީ ރޯދަ މަހު، ދިރާގު ޓީވީގެ ހުރިހާ ޕެކޭޖަކުން

އެހެން މަސްމަހާއި ހިލާފަށް ރޯދަމަހަކީ ތަފާތު އެކިއެކި ޕްރޮގްރާމްތައް ޓީވީ މެދުވެރިކޮށް ބަލާ މަހަކަށްވާތީ ދިރާގު ޓީވީގެ ހުރިހާ ޕެކޭޖަކުންވެސް އެ ޓީވީން ފޯރުކޮށްދޭ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ޗާޖަކާއި ނުލައި ބެލޭނެ ގޮތް ވަނީ ހަދާފަ އެވެ.

މީގެ އިތުރުން އެހެން އަހަރުތަކޭ އެއްގޮތަށް ދިރާގު ކަސްޓަމަރުންނަށް ދިރާގު ޕޭ އާއި އެ ކުންފުނީގެ ވެބްސައިޓް ދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް *454*5# އަށް ގުޅައިގެން ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ.