Advertisement

އުދުހޭ ކާރެއް އުފެއްދުމުގައި ޕޯޝާ އިން އުދުހޭ ޕޯޝާ އެއް

FacebookTwitterWhatsAppTelegramViber

މީގެ ޒަމާންތަކެއް ކުރިން އުދުހޭ ކާރަކީ، ސައިންސް ފިކްޝަން ގައި ބޭނުންކުރެވުނު މައުޟޫޢެކެވެ.

އެހެންނަމަވެސް މި ނޮވެމްބަރ 2019 ގައި މިވަނީ 1982 ގައި ނެރުނު ފިލްމެއް ކަމަށްވާ "ބްލޭޑް ރަނަރ" ގައި ހުވަފެނީ އެއްޗެއްގެ ގޮތުގައި ފެނުނު ނިއޯންއިން ދިއްލާފައި ހުންނަ ޢިމާރާތްތަކާއި، މުސްތަގްބަލުގެ މެޝިންތަކާ މެދު އަދިވެސް މާގިނަ ކަންތައްތަކެއް ނުކުރެވެއެވެ.

އެކަމަކު، އެއްގަމުގައި ދުއްވާ އުޅަދާ މަތިންދާ ބޯޓާ ގުޅުވައިގެން ކުރެވޭ ދަތުރު މިހާރު ދެން ޙަގީގަތަކަށް ވުން ކައިރިވެއްޖެ އެވެ. އާ އޮޓޮމޭޝަން އާއި، 'އިލެކްޓްރިފިކޭޝަން' ޓެކްނޮލޮޖީތަކުގެ ސަބަބުން އެއްގަމު އުޅަނދުތައް އުފެއްދުމުގެ ގަރުނެއްވީ ބިޒިނަސް މޮޑެލް މިވަނީ ބަދަލުކުރަން ޖެހިފައެވެ.

އެހެންކަމުން އޮޓޮމޮބައިލް އިންޑަސްޓްރީ ގައި ޙަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން 'ޕާސޮނަލް އެއަރ މޮބިލިޓީ' ދާއިރާ އަށް ވަނުމަށް ދަނީ ލޯއަޅަމުންނެވެ.

ޕޯޝާ އާއި، ޑައިމްލަރ އާއި، ޓޮޔޯޓާ އިން މިވަނީ އިލެކްޓްރިކް ވަރޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ އެއަރކްރާފްޓް (އީވޮޓަލް) އިންޑަސްޓްރީ އަށް ވަނުމަށް ފަށަންޖެހޭ ފުރަތަމަ އުފެއްދުންތައް ފަށައިގަތުމުގައެވެ. އެއާއެކު އަމާޒަކީ، އަރބަން ޓްރާންސްޕޯޓް އިންގިލާބުކޮށްލައި ވައިގެ ތެރޭގައި ދަތުރުކުރެވޭ ގޮތް ހެދުމެވެ.

އިލެކްޓްރިކް ވަރޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ އެއަރކްރާފްޓ

މި ވައްތަރުގެ ކްރާފްޓަކީ، ސިޓިތަކުގެ އެކި ކަންކޮޅުތަކަށް މަތިން ދަތުރުކުރެވޭ، އަދި ސީދާ މައްޗަށް އުދުހިގަނެވި އަދި ޖެއްސޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. އިވްޓޮލް އަށް އެޕަކުން ދަތުރެއް ފެށުމަށް އޯޑަރުކުރެވިދާނެ އެވެ.

މި ވެހިކަލްތަކަކީ، މާދަމާގެ އާބަން ލޭންޑްސްކޭޕް ގައި މިއަދުގެ ކާރު ގޮތަށް އަވަސް އަވަހަށް ތަންތަނަށް ދަތުރުކުރެވޭނެ ބޭނުންތެރި ވެހިކަލްތަކަކަށް ވާނެ އެވެ.

އެއީ ނުވާނެ ކަމެއް ކަމަށް ދެކެނީ ހެއްޔެވެ؟ ދުބާއީ ފަދަ ބައެއް ސިޓީތަކުގައި މިހާރު ވެސް މި ކޮންސެޕްޓް ދަނީ ޓެސްޓްކުރަމުންނެވެ. ދުބާއީ އެމިރޭޓުން ދަނީ އެވިޓޯލް ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ހަދަމުންނެވެ.

ވައިގެ މި އާ ޓްރާންސްޕޯޓް ޓެކްނޮލޮޖީ ވައިގައި ހިފަމުންދިއުމަކީ، އެއްގަމު އުޅަނދު އުފައްދާ ކުންފުނިތަކަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ.

ވޮލޮކޮޕްޓަރ

ޑެއިމްލަރ ގެ އިނޮވޭޝަން ކުންފުނި ކަމުގައިވާ ލެބް1886 އަކީ، މި އާ އުފެއްދުމުގެ އެއް އިންވެސްޓަރެވެ. ވޮލޮކޮޕްޓަރ ގެ ފުރަތަމަ ޓެސްޓް ފުލައިޓް މިހާރު ވެސް ވަނީ ޔޫރަޕްގެ ސިޓީއެއް ގައި ޓެސްޓުކޮށްފައެވެ. އަދި ކައިރި މުސްތަގްބަލެއް ގައި ދުބާއީ ގައި ބޭނުންކުރަން ފަށާފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ވޮލޮކޮޕްޓަރ އަށް ޝައުގުވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ އެއްގަމު އުޅަނދު އުފައްދާ ގީލީ ހިމެނެއެވެ.

ޓެރަފޫގިއާ

ގީލީ އިން ވަނީ އޭގެ އިތުރަށް ކެލިފޯނިޔާގައި މަރުކަޒުވެފައި ހުންނަ ޓެރަފޫގިއާ ގައި ވެސް އިންވެސްޓްކުރުމަށް ރާވަމުންނެވެ.

ޓެރަފޫގިއާ ގެ ކޮންސެޕްޓް، މާޒީ ގައި ސައިންސް ފިކްޝަންތަކުގައި ގެނެސްފައިވާ ޚިޔާލީ އުދުހޭ ކާރާ ވައްތަރެވެ.

ޓެރަފޫގިއާ އަކީ، އާދައިގެ ކާރު ފަދައިން މަގުތަކުގައި ދުއްވޭ އަދި ގަރާޖަކަށް ވެއްދޭ އަދި ހަމަ އެއާއެކު، ބޭނުންކުރާ މީހާގެ ކޮމާންޑާ އެކު ފިޔަފަތިތައް ބޭނުންކޮށްގެން މަތިންދާ ބޯޓެއް ގޮތަށް އުދުހެވޭ ވެހިކަލެކެވެ.

ނޮވެމްބަރ 2018 ގައި ޓެރަފޫގިއާ އިން އިޢުލާންކޮށްފައިވަނީ، 2019 ގައި ޕްރޮޑަކްޝަނަށް ދާނެ ކަމަށެވެ. އެކަމަކު، އޭގެ އެއް އަހަރު ފަހުން އެކަން އަދި ވަނީ ޙަގީގަތަކަށް ހަދަންޖެހިފައެވެ.

ޖޯބީ އޭވިއޭޝަން

ޖަޕާންގެ އެއްގަމު އުޅަނދު އުފައްދާ ކުންފުންޏެއް ކަމުގައިވާ ޓޮޔޯޓާ އިން ވެސް ދަނީ ވައިގެ ދަތުރުފަތުރަށް ވަނުމަށް ތައްޔާރުވަމުންނެވެ.

ޓޮޔޯޓާ އޭއައި ވެންޗަރސް އަކީ، ކެލިފޯނިޔާ ގައި ޤާއިމްވެފައި ހުންނަ ޖޮބީ އޭވިއޭޝަން ގައި އިންވެސްޓްކޮށްފައިވާ ފަރާތެކެވެ. އެ ކުންފުނިން ހުށަހަޅަނީ، 240 ކިލޯމީޓަރަށް ފަސިންޖަރުން އުފުލާ އީވޮޓަލް އިލެކްޓްރޯނިކް ވެހިކަލް އެވެ. ސްޕީޑާއި އަޑުމަޑުވުމަކީ އީވްޓޮލް ގެ އެންމެ ފާހަގަކުރެވޭ ސިފަތައް ކަމަށް ޖޮބީން ބުނެއެވެ.

މި ސްޓާޓްއަޕް އަށް މިހާތަނަށް 130 މިލިޔަން ޑޮލަރުގެ ފަންޑިންގ ލިބިފައި ވެއެވެ. އިންވެސްޓަރުންގެ ތެރޭގައި ސިލިކޯން ވެލީގެ ފާހަގަކުރެވޭ ބައެއް އިންވެސްޓަރުންނާއި، ޖެޓްބުލޫ އެއަރލައިން ގެ ޖެޓްބްލޫ ޓެކްނޮލޮޖީ ވެންޗަރ ހިމެނެއެވެ.

ޓޮޔޯޓާ އޭއައި ވެންޗަރސް ގެ ފައުންޑިންގ މެނޭޖިންގ ޑިރެކްޓަރ ޖިމް އަޑްލަރ ސީއެންއެން ޓްރެވަލް އަށް ކިޔައިދިން ގޮތުގައި، އެ ބޭފުޅުން ތަޢާރަފުކުރެވޭ ތޯ ބަލާ ޓެކްނޮލޮޖީ އިން މީހުން އެއްގަމާއި ޖައްވާއި ކަނޑުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭ ގޮތް އެއްކޮށް ބަދަލުކޮށްލާނެ އެވެ.

އެސްޓަން މާޓިން އަދި ޕޯޝާ

ލަގްޒަރީ އޮޓޮނޮމަސް ހައިބްރިޑް އީވްޓޮލް ކޮންސެޕްޓެއް ކަމުގައިވާ ވޮލާންޓޭ ވިޝަން ކޮންސެޕްޓް އުފެއްދުމަށްޓަކައި، އިނގިރޭސިވިލާތުގެ ކްރޭންފީލްޑް ޔުނިވަރސިޓީން ވަނީ ޖޭމްސް ބޮންޑް ފިލްމުތަކުގައި ބޭނުންކުރާ މަތީފެންވަރުގެ ކާރު އުފައްދާ އެސްޓަން މާޓިން އާއި މަތިންދާ ބޯޓުގެ އިންޖީނު އުފައްދާ ރޯލްސް ރޮއިސް އާއެކު ޕާޓްނަރޝިޕް ހަދާފައެވެ.

ރޯލްސް ރޮއިސް އިން ވަނީ އެމީހުންގެ އަމިއްލަ އީވްޓޮލް ކޮންސެޕްޓް 2018 ގައި ދައްކާލާފައެވެ. އެމީހުން ޕްލޭންކުރަނީ، 2020 ގައި އެ އުފެއްދުން މާކެޓަށް ނެރެވޭނެ ކަމަށް އެ ކުންފުނިން އުއްމީދުކުރެއެވެ. އެ މޮޑެލް ގައި ހަ ބުރަފަތި ހުންނާނެ އެވެ.

ޕޯޝް އަކީ އޭވިއޭޝަން ކުންފުންޏަކާ އެކު ޕާޓްނަރޝިޕް ހެދު އަނެއް ކާރު އުފައްދާ ކުންފުންޏެވެ.

ޖަރުމަނުވިލާތުގެ ލަގްޒަރީ ކާރު އުފައްދާ ކުންފުންޏެއް ކަމުގައިވާ ޕޯޝް އިން ވަނީ ބޮއިންގ ގެ އިނޮވޭޝަން އަދި ރިސާޗް ސަބްސިޑަރީތައް ކަމުގައިވާ ބޮއިންގ ނެކްސްޓް އާއި، އައުރޯރާ ފުލައިޓް ސަރވިސަސް މެދުވެރިކޮށް ބޮއިންގ އާ އެކު އުދުހޭ ކާރެއްގެ ޕްރޮޓޯޓައިޕެއް އުފެއްދުމަށް ޕާޓްނަރޝިޕް ހަދާފައެވެ.

އެ ޕްރޮޖެކްޓް އަދި ވަނީ ފެށޭ ހިސާބުގައެވެ. އެކަމަކު މިހާތަނަށް ދައްކާލި ޑިޒައިންތަކަށް ބަލާއިރު، ބެޓްމޭންގެ ކާރު އާ ވައްތަރު ގޮތެއް ހުރެއެވެ.

އަނެއްކޮޅުން، އެއަރބަސް އަތުގައި އެމީހުންގެ އަމިއްލަ އީވްޓޮލް ކްރާފްޓް ކަމުގައިވާ ވަހާނާ އެބައޮތެވެ. 2018 ގައި ފުރަތަމަ ޓެސްޓް ކުރެވުނު އެ ވެހިކަލް ގެ 100 ވަނަ ޓެސްޓު ފުލައިޓް ވަނީ ދާދި ފަހުން ފުރިހަމަކޮށްފައެވެ.

ޕޯޝާ ކޮންސަލްޓިންގ އިން އަންދާޒާކުރާ ގޮތުގައި، އީވްޓޮލް މާކެޓްގެ މިންވަރަކީ 2035 އާ ހަމައަށް ދާންވާ އިރަށް 32 ބިލިޔަން ޑޮލަރުގެ 23000 ޔުނިޓެވެ.

ފަސިންޖަރުން އުފުލާ ޑްރޯންތައް ބޯމަތިން އަބަދު އެނބުރޭނެތީ އެކަމާ ކަންބޮޑުވާ ކަމުގައި ވާނަމަ، އަދި އެހާ ކަންބޮޑުވާނެ ކަމެއް ނެތެވެ.

މި ދިރާސާ އަށް ބަލާއިރު، 2025 އާ ހަމައަށް ދާއިރު، އެއަރ ޓެކްސީ އިން ޢާއްމުންނަށް ޚިދުމަތް ދޭން ފަށާނެ އެވެ. ފުރަތަމަ ބޭނުންކުރެވޭނީ، އެއަރޕޯޓްތަކާއި ބޮޑެތި ސިޓީތަކުގެ ސިޓީ ސެންޓަރާ ދެމެދު ދަތުރުކުރުމަށެވެ.

އެހެން ގޮތަކަށް ދަންނަވާނަމަ، ފްލައީންގ ކާރ ނުވަތަ އުދުހޭ ކާރަކީ، ނުވެނުދާނެ ކަމެކޭ ދެންނެވިދާނެ އެވެ. ބޮޑު ސުވާލަކީ، ފްލައީންގ ކާރު އުދުހުމުގައި ބޮޑު ދައުރެއް އަދާކުރާނީ، މިއަދުގެ ކާރު މާކެޓް ގައި ވެސް ވަކިހިއްޕާލާފައިވާ ފަރާތްތައް ތޯ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top