Advertisement

އެލައިޑުން ބަދަލުގެ ގޮތުގައި މިދިޔަ މަހު ހަ މިލިއަނެއްހާ ރުފިޔާ ދޫކޮށްފި

FacebookTwitterWhatsAppTelegramViber

އެލައިޑް އިންޝުއަރެންސް އިން މިދިޔަ މަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއްގެ ފައިސާ ދޫކޮށްފި އެވެ.

އެލައިޑުން ބުނި ގޮތުގައި އެ ކުންފުނިން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 1 އިން 30 ގެ ނިޔަލަށް ވަނީ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ޖުމްލަ 5،940،000 ރުފިޔާ ދޫކޮށްފަ އެވެ.

އެލައިޑުން ވަނީ ބަދަލުގެ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ސެޕްޓެމްބަރު މަހު 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ. މީގެ އިތުރުން، އޮގަސްޓް މަހު 2.39 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި އޭގެ ކުރީ މަހު 5.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފައިވެ އެވެ. ހަމަަ އެއާ އެކު، މިދިޔަ ޖޫން މަހު ވެސް ބަދަލުގެ ގޮތުގައި 9.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދޭ އެލައިޑުން ތަފާތު އެކި ދާއިރާތަކަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުތައް ވިއްކަ އެވެ. އޭގެ ތެރޭގައި ފަޔާ އިންޝުއަރެންސް، ލައިފް އިންޝުއަރެންސް، މެޑިކަލް އިންޝުއަރެންސް، މެރިން ހަލް އިންޝުއަރެންސް އަދި ޓްރެވަލް އިންޝުއަރެންސް ހިމެނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގާ އެލައިޑުގެ ފައިދާ މިދިޔަ އަހަރު އިތުރުވެ، އެ ކުންފުނީގެ އިންޝުއަ ކުރުމުގެ ގާބިލުކަން ވަނީ 140 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top