Advertisement
މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި އާސަންދަ އަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެ، އިތުރަށް ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ އަށް ވަނީ 1.084 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓްގައި އާސަންދަ އަށް ކަނޑައަޅާފައި ވަނީ އެއް ބިލިއަން ރުފިޔާ އެވެ.
އާސަންދަ އަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެފައިވާއިރު، ސްރީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން، ހިލޭ ބޭސްފަރުވާ ކުރުމަށްޓަކައި "މެރަނާ"ގެ ނަމުގައި، ސަރުކާރުން ވަނީ އާސަންދަ ސްކީމެއް ތައާރަފުކޮށްފަ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަކީ 30 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން، ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް، ފާސްކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އައްޑޫ ބިން ހިއްކުމާއި މަގުގެ ޑިޒައިން 100 މިލިއަނަށް އިންޑިއާ 2 ކުންފުންޏަށް
ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި
މިދިޔަ މަހު އެކްސްޕޯޓް ދަށްވެއްޖެ، އިމްޕޯޓް މައްޗަށް
އެމެރިކާ މީހުން މި އަހަރު އެންމެ ގިނައިން ގޫގްލް ކުރި މަންޒިލަކީ ރާއްޖެ
މިދިޔަ 10 އަހަރުގެ އެންމެ ރަނގަޅު އާ ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ 3 ރިސޯޓް
އެމޭޒަން އިން ބޭނުންވަނީ ރޮބޮޓްގެ އެހީގައި 30 މިނެޓުން މުދާ 'ޝިޕް'ކުރަން