Advertisement

އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރަން މިއަދުން ފެށިގެން 30 ދުވަސް

FacebookTwitterWhatsAppTelegramViber

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ. އެއާ އެކު، އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރުން ވަނީ ލާޒިމްވެފަ އެވެ.

މި ގާނޫނަށް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަމަލުކުރަން ޖެހޭއިރު، އޮންލައިންކޮށް ހިންގާ ވިޔަފާރިތައް މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.

އޮންލައިން ވިޔަފާރީގެ ތެރޭގައި އިލެކްޓްރޯނިކް އެކި އާލާތްތައް މެދުވެރިކޮށް ހިންގާ ވިޔަފާރިތައް ހިމެނެ އެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ކުރިން އޮންނަ ގޮތުން، އޮންލައިންކޮށް އާމްދަނީ ހޯދުމަށް ކުރާ ވިޔަފާރިތައް ރަޖިސްޓް ކުރާކަށް ނުޖެހެ އެވެ.

މި އިސްލާހްގައިވާ ގޮތުން، ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވާލައި ވިޔަފާރިތަކުން ދޭ ހިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ހެދުމާއި އެ ކަމަށް ހާއްސަ ފީއެއް ނެގުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އަށް ލިބެ އެވެ. އަދި ވިޔަފާރިތަކަށް ނުދެވޭނެ ނަންތަކާއި ނަންތައް ބޭނުން ކުރުމުގެ ހަމަތައް ކަނޑައެޅުމުގެ އުސޫލުތައް ވެސް ބަޔާންކުރާ ގަވާއިދެއް ހަދަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ، މި އިސްލާހުގެ ބޭނުމަކީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްގެން ހިންގުން ކަމަށެވެ. މިކަމުގެ ސަބަބުން ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފަސޭހަވެގެން ދާނެ ކަމަށާއި އެގޮތުން ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައިވާ ނަމަ އޭގެ ދަށުން ހިންގާ އެހެން އިތުރު ކަންކަން ވަކިން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެ އިތުރުން، މިނިސްޓްރީ އަށް މިހާރު ދައްކަންޖެހޭ މަހު ފީ ވެސް ދެން ދައްކަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top