Advertisement
ޕޮލިޓެކްނިކް މޯލްޑިވްސް އާއި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހްމަދު ނާސިރެވެ.
މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ޕޮލިޓެކްނިކުން ފަންނީ ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން، ޕޮލިޓެކްނިކުން ހިންގާ ފަންނީ ކޯސްތަކުގެ ކަރިކިއުލަމް އިތުރަށް ހަރުދަނާ ކުރުމަށް އެމްޑަބްލިޔުއެސްސީގެ ފަރާތުން އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕޮލިޓެކްނިކަކީ ޒުވާނުންނަށް ފަންނީ ތަމްރީން ދިނުމަށްޓަކައި ކުރު އަދި ދިގު މުއްދަތުގެ ކޯސްތައް މާލެ އާއި އަތޮޅުތަކުގައި ހިންގާ މުއައްސަސާ އެކެވެ.
އައްޑޫ ބިން ހިއްކުމާއި މަގުގެ ޑިޒައިން 100 މިލިއަނަށް އިންޑިއާ 2 ކުންފުންޏަށް
ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި
މިދިޔަ މަހު އެކްސްޕޯޓް ދަށްވެއްޖެ، އިމްޕޯޓް މައްޗަށް
އެމެރިކާ މީހުން މި އަހަރު އެންމެ ގިނައިން ގޫގްލް ކުރި މަންޒިލަކީ ރާއްޖެ
މިދިޔަ 10 އަހަރުގެ އެންމެ ރަނގަޅު އާ ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ 3 ރިސޯޓް
އެމޭޒަން އިން ބޭނުންވަނީ ރޮބޮޓްގެ އެހީގައި 30 މިނެޓުން މުދާ 'ޝިޕް'ކުރަން