ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑުންކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން އަކީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ޕްރޮމޯޝަންއެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ބޮޑު އިނާމު:

  1. ދެ މީހެއްގެ ތުރުކީ ދެކޮޅު ޓިކެޓާއި 1،000 ޑޮލަރު
  2. ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް
ބީއެމްއެލް އިން ހިންގާ އެމެކްސް ކާޑު ޕްރޮމޯޝަންގައި ހާއްސަ އިނާމުތަކެއް ލިބޭނެ

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 1 އޭޕްރިލް އިން އަންނަ މޭމަހުގެ 7 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގައި 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި އެކްސްކުލޫސިވްކޮށް އެމެރިކަން އެކްސްޕްރެސް ހިދުމަތްދެމުންދާ ބޭންކެވެ. އިތުރު މައުލޫމާތު: https://link.bml.com.mv/amex-promotion އިން ލިބޭނެ އެވެ.