ރޯދަ މަސް ފެށުމާއެކު، މާލޭގެ މަސް މާރުކޭޓްގައި ވިއްކާ ރޯ މަހުގެ އަގުތައް އިންތިހާއަށް އުފުލިއްޖެ އެވެ.

ކޮންމެ އަހަރެެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ބާޒާރުގައި އެކި ބާވަތްތަކުގެ އަގުތައް އުފުލެން ފަށަ އެވެ. އެގޮތުން ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ތަރުކާރީ އާއި މޭވާ އަދި މަހުގެ އަގު އިންތިހާއަށް އުފުލެ އެވެ.

މާލޭގެ މަސް މާރުކޭޓްގައި މިއަދު ކަންނެލި ކިލޯއެއް ވިއްކަނީ 80 ރުފިޔާ އަށެވެ. އަދި ކަޅު ބިލަ މަސް ކިލޯއެއް ވިއްކަނީ 50 ރުފިޔާ އާއި 60 ރުފިޔާ އަށެވެ. މިއީ މީގެ ހަފްތާއެއްގެ ކުރިން ހުރި އަގާބަލާއިރު ދެ ގުނަ ބޮޑު އަދަދެކެވެ.

މަސް މާރުކޭޓްގައި ހުރި ފަރުމަހުގެ އަގުތައް ވެސް ވަނީ މިއަދު ވަރަށް ބޮޑަށް އުފުލިފަ އެވެ. މަހުގެ އަގު އުފުލުނު ނަމަވެސް މާރުކޭޓްގައި ގިނަ އަދަދަކަށް މަސް ހުރިކަން ފާހަގަ ކުރެވެ އެވެ.

މާލޭ ވަޅޯމަސް މާރުކޭޓުގައި މަސް ވިއްކަނީ. .

މީގެ އިތުރުން ވަޅޯމަސް ލިބެން ހުރީ 20 ރުފިޔާ އާއި 50 ރުފިޔާ ދެމުގަ އެވެ.