Advertisement

ޑޭޓާ އެލަވަންސް އިތުރުކޮށް، އުރީދޫ "އެކު" ޕޯސްޓްޕެއިޑް ތައާރަފްކޮށްފި

FacebookTwitterWhatsAppTelegramViber

ޑޭޓާ އެލަވަންސް އިތުރުކޮށް، ތަފާތު ލޯޔަލްޓީ ފައިދާތަކާއި އިތުރު ފުރިހަމަކަމާ އެކު އުރީދޫ "އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފި އެވެ.

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ "އެކު" ޕޯސްޓްޕެއިޑް ޕްލޭންތަކާ އެކު، ކަސްޓަމަރުންނަށް ޑޭޓާ އެލަވަންސް އިތުރުވެ، އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ގަތުމުގެ ފުރުސަތު ލިބުން ފަދަ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަފާތު އެކި ފައިދާތައް ލިބިގެންދާނެ އެވެ.

"އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތަކާ އެކު ކަސްޓަމަރުންނަށް ލިބިގެންދާ ތަފާތު ގިނަގުނަ ފައިދާތަކުގައި ހިމެނެނީ:

  • ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް
  • އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިން
  • ވައިފައި ކޯލިން
  • އެޗްޑީ ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދެވޭ ވޮއިސް ކޯލްތައް
  • އީ-ސިމްގެ ހިދުމަތް
  • އެންމެ ފަހުގެ ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް
  • ތަފާތު އެކި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައް

"އެކު" ޕޯސްޓްޕެއިޑް 1000 ޕްލޭން އާއި މަތީގެ ޕްލޭންތައް އިޚްތިޔާރުކުރައްވާ ކަސްޓަމަރުންނަށް، އިތުރު ފަސޭހަކަމާއި އެކު ގިނަގުނަ ޚިދުމަތްތަކެއް ލިބިގެންދާ ކްލަބް ޕްރިމިއަރގެ ފައިދާތައްވެސް ލިބިގެންދާނެއެވެ:

  • ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެވޭ ލައިފް އިންޝުއަރެންސް
  • ދުނިޔޭގެ އެކި ކަންކޮޅުތަކުން 1300 އަށް ވުރެ ގިނަ އެއާޕޯޓްތަކުގައިވާ ލައުންޖްތަކުން ހިދުމަތް ހޯދުމަށް ބޭނުންކުރެވޭ ޕްރަޔޮރިޓީ ޕާސް
  • ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕާޓްނަރުން ދޭ ހާއްސަ ޑިސްކައުންޓްތައް
  • ކްލަބް ޕްރިމިއާ ލައުންޖްގެ ޕްރީމިއަމް ހިދުމަތްތައް
  • ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަކުރެވިފައިވާ ހެލްޕްލައިން
  • އުރީދޫ އިން ފޯރުކޮށްދޭ ހިދުމަތްތަކާއި ހިންގާ ޕްރޮމޯޝަންތަކާ ގުޅޭ ހާއްސަ އޮފާތައް

"ރާއްޖޭގެ އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް މިހާރު މި ވަނީ ގެނެވިފައި. ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭ ގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ކުރިޔަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބި، ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. 'އެކު' ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ހިދުމަތާއި އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ބިލް ދެއްކުމާއި އުރީދޫ ނެކްސްޓް، ސޯޝަލް މީޑިޔާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ،" އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރު ދިޔާނާ އަފީފް ވިދާޅުވި އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top