ދިރާގު ޓީވީން ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ހުރިހާ ޗެނަލެއް އިތުރު އެއްވެސް ހަރަދަކާ ނުލާ ބަލާލެވޭނެ ގޮތް ހަމަ ޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ޓީވީ ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވާލެވޭ ފަސް ކަސްޓަމަރަކަށް ޖުމްލަ 10 މީހަކަށް ރޯދަވިއްލުމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް މިމަހުގެ 11 ވަނަ ދުވަހު ދިރާގު ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި އެންމެ މަގުބޫލު ޓީވީ ޗެނަލްތައް އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައި އެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް https://bit.ly/3qY2aU4 ވަނުމުން ލިބޭނެ އެވެ.