ކުރިޔަށް އޮތް ތިން އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 1 ވަނަ ބާބުގެ ދަށުން، މިނިސްޓަ އޮފް ފިނޭންސް އިން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށެވެ. މިގޮތުގެ މަތިން، 2023 އިން 2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ 2023 އިން 2025 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭން (އެސްއޭޕީ/ އެންއާރްއާރް)ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ.

ފިނޭންސް އިން ބުނީ މި އަހަރު ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ގޮތް (ބަޖެޓު ކަލަންޑަރު) އެނެކްސް 4 ގައިވާ ތާވަލުގައި ހިމަނާފައިވާނެ ކަމަށެވެ. މިގޮތުން، ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް (ނިއު ޕޮލިސީ އިނިޝިއޭޓިވްސް) އެކުލަވާލައި އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. މިގޮތުން، ދައުލަތުގެ އޮފީސްތަކުން ނިއު ޕޮލިސީ އިނީޝިއޭޓިވްސް ހުށަހަޅާނީ މެދުރާސްތާ (2023 އިން 2025)އަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި، ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އަދި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެ އެވެ. އަދި ނިއުޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި ހުށަހަޅާ ޕްރޮގްރާމް ނުވަތަ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރާނެ އަސަރާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އެސްޑީޖީ) ގޯލްތަކާއި ހުރި ގުޅުން ބަޔާންކުރަންވާނެ އެވެ. ހަމައެހެންމެ ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާ ކަންތައްތަކަކީ އެ ސިޔާސަތެއް ތަންފީޒުވުމުން ބަޖެޓުން [email protected] ކުރެވޭ ހޭދައާ އެއްހަމަ ނަތީޖާއެއް ނެރެވޭ، އަދި ކަނޑައަޅައި ފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ކަންތައްތަކަކަށް ވާންނާނެ އެވެ. 2023 އިން 2025 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހަޅާނީ mv.gov.isles މެދުވެރިކޮށެވެ." އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލާއިރު ދައުލަތުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށާއި އިންވެސްޓްމަންޓަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް އަދި ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅުކުރުމަށް ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުށަހަޅާ ނިއު ޕޮލިސީ ހުށަހަޅާ ފަދައިން 2023 އިން 2025 އަށް ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ދެނެގަނެ މި ފަދަ ގޮތްތައް އެ މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައިވެ އެވެ.

އެ ސާކިއުލާގައި ހިމެނޭ އެނެކްސްތަކުގައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް 2023 އިން 2025 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަދި އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ގޮތްތައް 30 ޖޫން 30، ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނޫގައި ބަޔާންކޮށްފައިވާ ލޯކަލް ކައުންސިލްތައް މި ސަރކިއުލަރއަށް ޢަމަލުކުރުމުން އިސްތިސްނާވާނެ ވާހަކަ ދަންނަވަމެވެ. ދައުލަތުގެ ބަޖެޓުން 2022 ވަނަ އަހަރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން، އައިލްސް ޕޯޓަލުގައި މަޢުލޫމާތު ފުރިހަމަ ނުކުރައްވައި ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު 15 މެއި 2022 ގެ ކުރިން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.،" ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުނު ސާކިއުލާގައި ބުނެފައިވެ އެވެ.