އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އުފައްދާފައިވާ އެސްޑީއެފްސީން ރޭ ކުރި ޓުވީޓެއްގައި ބުނީ ދަނޑުވެރި ކަމަށާއި ވިޔަފާރިއަށް ބޭނުންވާ ލޯން އެކޯޕޮރޭޝަނުން މިއަދު ހުޅުވާލާފައިވާނެ ކަމަށެވެ. އަދި އެ ދެލޯނަށް އެދި މިއަދުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށް އެ ކޯ ޕޮރޭޝަނުން ބުނެފައިވެ އެވެ.

އޭގެ އިތުރުން އެސްޑީއެފްސީން ދޫކުރާ އެހެނިހެން ލޯނުތައް މެއި މަހު ހުޅުވާލާނެ ކަމަށް އެ ކޯޕޮރޭޝަނުން ވަނީ ބުނެފަ އެވެ. އަދި އެސްޑީއެފްސީގެ ލޯނުތަކަށް އެދެން ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެސްޑީއެފްސީއަކީ ސަރުކާރާއި ބައެއް ސިޓީ ކައުންސިލްތައް ހިއްސާވެގެން އުފައްދާފައިވާ ކުންފުންޏެކެވެ.

އެގޮތުން އެކުންފުނިން މިދިޔަ އަހަރު އެކަނިވެސް އަތޮޅުތެރޭގެ 144 ރަށެއްގައި ވިޔަފާރި ކުރިއެރުވުމަށް ލޯނު ދޫކޮށްފައިވެ އެވެ.