ސްކްރީނަކުން އެއްޗެއް ބަލާއިރު ދިވެހިން ސްޕްރައިޓުގެ މީރު ރަހަ ހިޔާރުކުރަން ބަހައްޓާ އަހައްމިއްޔަތުކަން ފާހަގަކުރުމަށް ސްޕްރައިޓުން އިސް ނަގައިގެން ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާނުކުރަން ފަށައިފި އެވެ.

ކޮކާކޯލާ ކުންފުނީގެ މަޝްހޫރު ލެމަން ލައިމް ރަހަލާ ބުއިން، ސްޕްރައިޓްއަށް ދިވެހިންގެ މެދުގައި އޮތް ލޯބި ފާހަގަކުރުމުގެ ގޮތުން ސްޕްރައިޓް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޒިއުމާ ޕްރޮމޯޝަނެއް ފެށީ ފެބްރުއަރީ 1، 2022ގަ އެވެ. 'ޗިލް ވިތު ސްޕްރައިޓް އެންޑް ޔޯ ސްކްރީން' ކެމްޕެއިންގެ މަގްސަދަކީ ގޭގައި ފޯނު، ލެޕްޓޮޕް ނުވަތަ ޓީވީ ފަދަ ތަކެތި ބަލާއިރު ފުރިހަމައަށް ރިފްރެޝްވެ ތިބުމާ އެކު ބޮޑެތި އިނާމުތަކެއް ކާމިޔާބުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

19 ފެބުރުވަރީ 2022 އިން ފެށިގެން ކޮންމެ ދުވަހަކު ވެސް، ދެ ނަސީބުވެރިން (ކޮންމެ ޓިއައަކުން އެއް ފަރާތެއް) ހޮވުމަށް ބޭއްވޭ ގުރުނެގުން ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) އިން އަންނަނީ ރޭގަނޑު 7:40ގައި ލައިވްކޮށް ގެނެސްދެމުންނެވެ. @spritemaldives އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ.

އޭޕްރީލް 4، 2022ގެ ނިޔަލަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް، ސްޕްރައިޓް، ކޮކާކޯލާ، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީ ފުޅީގެ ހާއްސަ ގޯލްޑަން ކެޕްގެ ނުފުށުގައިވާ ހާއްސަ ހަ ނަމްބަރުގެ ކޯޑު 2626އަށް އެސްއެމްއެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި އެ ހަތަރު ބްރޭންޑްގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ޕެޓް ފުޅި ވަނީ ހިމަނާފަ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ 90 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، ޓިއާ 1ގައި ހިމެނޭ 45 ނަސީބުވެރިންނަކީ ސްމާޓްފޯން، ގޭމިން ކޮންސޯލް ނުވަތަ ޓީވީ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ފަރާތްތަކެވެ. ބާކީ ޓިއާ 2 ގައި ހިމެނޭ 45 ނަސީބުވެރިންނަށް މިނީ ފްރިޖް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ޕްރޮމޯޝަންގެ އެއް މަގްސަދަކީ، ރާއްޖޭގައި ވިއްކާ ސްޕްރައިޓް ފުޅިއަށް މި ފަހުން ގެނައި ބަދަލު ފާހަގަކުރުމެވެ. ސްޕްރައިޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި، އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްލާފަ އެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން އަށް ބަދަލުކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. އަލަށް ތައާރަފުކުރި ސާފު/ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރީގެ ފުޅިއެކޭ ވެސް އެއްގޮތަށް 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީ ނަމަވެސް، ސާފު ފުޅިއަކަށް ވުމުގެ ސަބަބުން ބޭނުންކުރުމަށް ފަހު އިތުރު ވެލިއު ފުޅިއަށް ލިބި، ރީސައިކަލް ކުރަން ކުރިއަށް ވުރެ ވެސް ފަސޭހަވެގެންދެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެ އެވެ.

ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ސޮފްޓް ޑްރިންކެކެވެ. 1961 ވަނަ އަހަރު ތައާރަފްކުރި ސްޕްރައިޓް މިހާރު 190 އަށް ވުރެ ގިނަ ގައުމުގައި ވިއްކަ އެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރުހިއްކުން ފިލުވާލަދޭ، މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފަ އެވެ.

މި ޕްރޮމޯޝަންގައި މިހާތަނަށް ބައިވެރިވެފައި ނުވާ ނަމަ، އޭޕްރީލް 4ގެ ކުރިން ބައިވެރިވެގެން ނަސީބު ވަޒަންކޮށްލާ!