ސްޕްރައިޓް ބަންދުކޮށްފައި ހުންނަ މަޝްހޫރު ފެހި ފުޅިން ސާފު، އެތެރެ ފެންނަ ފުޅިއަކަށް ރާއްޖޭގައި ދާދި ފަހުން ބަދަލުކުރި ކުރުން ފާހަގަކޮށް، ޕްލާސްޓިކް ފުޅިތަކަށް އާ ދިރުމެއް ދިނުމަށް ކަސްޓަމަރުންނަށް ހިތްވަރު ދިނުމަށްޓަކައި ސްޕްރައިޓް ބްރޭންޑުން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ހަރަކާތްތަކެއް ހިންގަން ފަށައިފި އެވެ.

ކޮކާކޯލާއިން 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިންއާ ދިމާއަށް ދުނިޔޭގެ ފެންވަރުގައި ބަދަލުކުރަމުން އަންނަ މި ބަދަލުގެ ދަށުން ސްޕްރައިޓްއިން ވަނީ ސެޕްޓެމްބަރު 2021ގައި ރާއްޖޭގައި އެ ކުންފުނީގެ މަޝްހޫރު ފެހި ފުޅިން އެތެރެ ފެންނަ ސާފު ފުޅިއަކަށް ބަދަލުކޮށް، ބުއިމަށް ފަހު ދޫކޮށްލާ ފުޅި އެއްކުރުމާއި ރީސައިކަލްކުރުމާއި އަލުން ބޭނުންކުރުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އަލަށް ތައާރަފުކުރި ކްލިއަ/ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރިން ބޭނުންކުރި ފުޅިއެކޭ ވެސް އެއްގޮތަށް 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީ ނަމަވެސް، އަލަށް ތައާރަފްކުރި އެތެރެ ފެންނަ ފުޅީގެ ސަބަބުން، ބޭނުން ކުރުމަށް ފަހު ދޫކޮށްލާ ޕްލާސްޓިކްގެ އަގު ބާޒާރުގައި ބޮޑުކޮށް، ސާކިއުލާ އިކޮނޮމީއެއްގައި ގިނަ ބޭނުންތަކަށް އަލުން ބޭނުންކުރުމުގެ ގާބިލްކަން ވަނީ އިތުރުވެފަ އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ މި އާ ފިޔަވަޅު އިތުރަށް ފުޅާކުރުމުގެ މަގްސަދުގައި ފެށި 'ޑްރިންކް އިޓް އެންޑް ބިން އިޓް' ކެމްޕެއިންގެ ދަށުން ކުނި އުކާލުމުގައި ޒިންމާދާރުވުމުގެ މުހިންމުކަން ފާހަގަކުރެ އެވެ. ހުސް ފުޅިތައް ވަށިގަނޑަށް ލުމަށް މީހުންނަށް އިލްތިމާސްކުރަމުން ސްޕްރައިޓްއިން އަންނަނީ ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި ޒިންމާދާރުކަމާ އުކާލުމުގެ އާދަ އަށަގަންނުގައި އެކަން އެ ގޮތަށް ކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ ހިތްވަރު ދެމުންނެވެ.

މި މަހުގެ 18-19 (ހަވީރު 3-6 އަށް) ބާސްކެޓް ބޯޅަ ތީމަށް ހަދާފައިވާ "ޑަންކް ބީންސް" ފެނިގެންދާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ބްލޮކުންނެވެ. އެއަށް ފަހު، މި މަހުގެ 25-26 (ހަވީރު 3-6 އަށް) މި "ޑަންކް ބީންސް" ބަހައްޓާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މި މުބާރާތުގައި ބައިވެރިވެ، އެޕަލް ވޮޗް ސީރީޒް 7، އެއާޕޮޑް ޕްރޯ އަދި ޕާޓްނާ ރެސްޓޯރެންޓްތަކުން ގިފްޓް ވައުޗަރު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ކެމްޕެއިނުގައި ބައިވެރިވުމަށް:

އިންސްޓަގްރާމް ނުވަތަ ވަޓްސްއެޕްގައި ގާއިމްކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓެއް މެދުވެރިކޮށް، ވަށިގަނޑުތައް ބަހައްޓާފައި ހުރީ ކޮންތަނެއްގައިތޯ އޮޅުންފިލުވައި އެންމެ ކައިރީގައި ވަށިގަނޑެއް ހުރި ތަނަކަށް ދިއުންއެތެރެ ފެންނަ ސްޕްރައިޓް ފުޅިއެއް ގަތުން ނުވަތަ ވަށިގަނޑު ބަހައްޓާފައި ހުރި ތަނުން ފުޅިއެއް ހޯދުންދެ ފޮޓޯ ނެގުން: އެއް ފޮޓޯގައި ފުޅިން ސްޕްރައިޓް ބޯ ތަން އަދި ދެ ވަނަ ފޮޓޯގައި ހުސް ފުޅި ވަށިގަނޑަށް ވައްޓާލާ ތަން ފެންނަން ވާނެމި ދެ ފޮޓޯ ބައިވެރިޔާގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ޕްރޮފައިލްގައި ޕޯސްޓުކޮށް @spridemaldives ޓެގުކުރުން

ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތްތައް އިންސްޓަގްރާމްގައި @spritemaldives މެދުވެރިކޮށް އިއުލާނު ކުރާނެ އެވެ.

މި ކެމްޕޭންގެ ތެރެއިން، ވަށިގަނޑުތަކަށް އަޅާފައިވާ ފުޅިތައް، ކޮކާކޯލާގެ ޕާޓްނަރު އެންޖީއޯ ކަމަށްވާ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ)އިން އެއްކުރާނެ އެވެ. އެއްކުރާ ފުޅިތައް ރީސައިކަލްކޮށް، ޕްލާސްޓިކް ކުނި ވަށައިގެން ސާކިއުލާ އިކޮނޮމީއެއް އުފައްދައި، އެ ފުޅިތައް އެކި ބްރޭންޑުތަކުގެ ބޫޓާއި ސުވިމްވެއާ އަދި އަންނައުނު ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރާނެ އެވެ.

މި ހޭލުންތެރިކަމުގެ ކެމްޕޭން ފަށާފައި މި ވަނީ، ސްޕްރައިޓްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ކޮންސިއުމާ ޕްރޮމޯޝަނާ ގުޅުވައިގެންނެވެ. ފެބްރުއަރީ 1 އިން އޭޕްރީލް 4، 2022 ގެ ނިޔަލަށް ކުރިއަށްދާ "ޗިލް ވިތު ސްޕްރައިޓް އެންޑް ޔޯ ސްކްރީން" ކެމްޕެއިންގެ މަގްސަދަކީ ސްކްރީނަކުން އެއްޗެއް ބަލާއިރު ކަރުހިއްކުން ފިލުވާލަން ސްޕްރައިޓް ހިޔާރުކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ސޮފްޓް ޑްރިންކެކެވެ. 1961 ވަނަ އަހަރު ތައާރަފްކުރި ސްޕްރައިޓް މިހާރު 190 އަށް ވުރެ ގިނަ ގައުމުގައި ވިއްކަ އެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރުހިއްކުން ފިލުވާލަދޭ، މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފަ އެވެ.