އެސްޓީއޯއިން ގޮދަން ފުށް ބަންދުކުރާ ކާރުޚާނާ ތަރައްގީ ކުރާނެ ބިމެއް ހދ. ކުޅުފުއްފުށިން ހަމަޖައްސައިފި އެވެ.

އެކަމާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ އެ ފެކްޓްރީ ގާއިމްކުރަން ބޭނުންވާ ބިން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ބިން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ ޕޯޓް ސަރަހައްދުންނެވެ. ބިން ހަމަޖެއްސި ކަމަށްޓަކައި މޭޔަރު ވަނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއަށް ޝުކުރު ދަންނަވާފައެވެ.

މޭޔަރު ވިދާޅުވީ ގޮދަން ފުށުގެ އިތުރުން ހަނޑޫ ވެސް އެ ކާރުޚާނާގައި ބަންދުކުރާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެސްޓީއޯއާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެ ކުންފުނިން ގޮދަން ފުށް ބަންދުކުރާ ކާރުޚާނާ ތަރައްގީކުރާނެ ބިމެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުނިން ގޮދަށްފުށް ބަންދުކުރުމަށް ނިންމާފައި ވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ގާއިމުކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށެވެ.

އަމްރު ވިދާޅުވީ ކާރުޚާނާ ހެދުމުގެ މަސައްކަތް ފަށާތާ، ދޮޅު އަހަރުތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވަރަށް ބޮޑެތި ސައިލޯތަކެއް ހުންނާނެ. އެއަށް ހުރިހާ ވީޓު ގްރެއިން އަޅާފައި ހުންނާނީ. ދެން މިލްކުރަން ބޭނުންކުރާ މެޝިނަރީޒްގެ އެހީގައި ގޮދަން ފުށަށް ބަދަލުކުރާނީ. ފުދޭވަރަކަށް ބޮޑު ފެކްޓަރީއެއް މިއީ،" ފެކްޓްރީގައި މަސައްކަތްކުރިއަށްދާނެ ގޮތުގެ ތަފުސީލް ދެއްވަމުން އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއިން ގޮދަށް ފުށް ބަންދުކުރާ ކާރުޚާނާ ހަދަނީ ތަފާތު ބާވަތްތަކުގެ ފުށް ވެސް އުފެއްދޭ ގޮތަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް އެ ކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ބިން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ ޕޯޓް ސަރަހައްދުންނެވެ. ބިން ހަމަޖެއްސިކަމަށްޓަކައި މޭޔަރު ވަނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއަށް ޝުކުރު ދަންނަވާފަ އެވެ.

މޭޔަރު ވިދާޅުވީ ގޮދަން ފުށުގެ އިތުރުން ހަނޑޫ ވެސް އެ ކާރުޚާނާގައި ބަންދުކުރާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެސްޓީއޯއާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވެފައި ވަނީ އެ ކުންފުނިން ގޮދަން ފުށް ބަންދުކުރާ ކާރުޚާނާ ތަރައްގީކުރާނެ ބިމެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.