އެފްއެސްއެމް އިން ވިޔަފާރި ކުންދުނިތަކާއި ރިސޯޓުތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް ޑީސެލް ލީޓަރެއް ވިއްކަނީ 17.57 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.09 ރުފިޔާ އަށެވެ.

މީގެ ކުރިން އެ ކުންފުނިތަކާއި ރިސޯޓުތަކަށް ތެޔޮ ވިއްކާފައިވަނީ އެހެން ފަރާތްތަކަށް ވެސް ވިއްކާ އާންމު ރޭޓްގަ އެވެ.

އެހެން ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ތެޔޮ ވިއްކާ އަގު އަދި ބޮޑުކޮށްފައެއް ނުވެ އެވެ.

އެފްއެސްއެމްއިން އެންމެ ފަހު ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހު އެވެ. އެބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60 ރުފިޔާ އަދި ޑީސަލް ލީޓަރެއް ވިއްކަނީ 14.80 ރުފިޔާ އަށެވެ.