ހާއްސަ އަގެއްގައި ރާއްޖެއިން މެލޭޝިޔާއަށް މޯލްޑިވިއަން އިން ދަތުރެއް ކުރަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން އެ ފްލައިޓް ބާއްވަން ނިންމާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި ފްލައިޓް އަނބުރާ މާލެ ދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގަ އެވެ.

ޖެނިފާ ވިދާޅުވިގޮތުގައި ދަތުރުގެ ދެކޮޅު ޓިކެޓް ފެށޭ އަގަކީ 399 އެމެރިކާ ޑޮލަރެވެ. އެހެންނަމަވެސް އެ ފްލައިޓުން ދިއުމަށް ވިއްކާނީ ހަމައެކަނި 200 ޓިކެޓެވެ.

ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ސީދާ ދަތުރުކުރާނެ އެއާލައިނެއް ނެތެވެ.

ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ފެތުރެން ފެށުމާ ގުޅިގެން އެ ގައުމުގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގަ އެވެ. އެގައުމުގެ ބޯޑަރު ހުޅުވާލާފައިވާއިރު، ކޮވިޑް ވެކްސިން ފުރިހަމަ ކުރާ މީހުން ކަރަންޓީނުވާކަށް ނުޖެހެ އެވެ.