އޭޕްރީލް 14 - މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުވިޓާ (ޓީޑަބްލިއުޓީއާރް) ގެ ހުރިހާ ހިއްސާއެއް ގަންނަން ޓެސްލާގެ ސީއީއޯ އީލޮން މަސްކް ހުށަހަޅައިފި އެވެ.

ގާތްގަނޑަކަށް 41 ބިލިއަން ޑޮލަރަށް، ސޯޝަލް މީޑިއާ ކުންފުންޏަށް ކުންފުންޏަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބުނެ އޭނާ ފާޑު ވިދާޅުވެފައިވެ އެވެ.

ބުރާސްފަތި ދުވަހު ރެގިއުލޭޓަރީ ފައިލިންއެއްގައި ހާމަކޮށްފައިވާ ގޮތުގައި މަސްކް ވަނީ ހިއްސާއަކަށް 54.20 ޑޮލަރު ހުށަހަޅައިފަ އެވެ. އަދި އެ އަގަކީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހާ ހަމަޔަށް ޓުވިޓާގެ 38 ޕަސެންޓްގެ ޕްރިމިއަމްއެއް ކަމަށްވާއިރު، މިއީ ޓެސްލާ ގެ އެންމެ ފަހު ޓްރޭޑިން ދުވަހެވެ. އެ ކުންފުނީގެ ނުވަ ޕަސެންޓް ހިއްސާ ވިއްކާލަން އޭނާ ވަނީ ހުށަހަޅައިފަ އެވެ.

ބިލިއަނަރު ވަނީ މި ހަފްތާގެ ކުރީކޮޅު ޓްވިޓާގެ ބޯޑަށް ވަނުމަށް ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ. އަދި ބޯޑު މެމްބަރެއްގެ ގޮތުގައި އެ ކުންފުންޏާ ހަވާލުވާން ގަސްތުނުކުރާ ކަމުގެ އިޝާރާތެއް ވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.

"އަޅުގަނޑުގެ މި ވިޔަފާރިން އަޅުގަނޑަށް މިހާރު އިހުސާސް ކުރެވެނީ މި ކުންފުނި ކުރިއަރައި ގެނެއް ނުދާނެ، އަދި މިހާރު މިއޮތް ގޮތަށް މި މުޖުތަމައަށް ކޮންމެހެން ވެސް ހިދުމަތް ނުކުރާނެ. ޓްވިޓާ އަކީ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރަން ޖެހޭ،" ޓްވިޓާގެ ޗެއާމަން ބްރެޓް ޓެއިލަރަށް މަސްކް ފޮނުއްވި ސިޓީއެއްގައި ވިދާޅުވި އެވެ.

އަމިއްލަ ނަފްސަށް "ފްރީ ސްޕީޗް އެބިއުސްޓެއް"ގެ ގޮތުގައި ސިފަކުރަމުން އަންނަ މަސްކްއަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމާއި އޭގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ، ދާދި ފަހުން ޓްވިޓާގައި އެ ޕްލެޓްފޯމަކީ މިނިވަން ހިޔާލުގެ އުސޫލަށް ތަބާވާ ޕްލެޓްފޯމެއް ކަމަށް ގަބޫލުކުރާތޯ ޔޫޒަރުންނާ ސުވާލުކުރުމަށް ޕޯލްއެއް ވެސް ހިންގާފަ އެވެ.

"އަޅުގަނޑުގެ ހުށަހެޅުމަކީ އަޅުގަނޑުގެ އެންމެ ރަނގަޅު އަދި އެންމެ ފަހު ހުށަހެޅުން، އެކަން ގަބޫލު ނުކުރެވިއްޖެ ނަމަ ހިއްސާދާރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މަގާމާ މެދު އަލުން ވިސްނަން ޖެހޭ،" މަސްކް އިތުރަށް ވިދާޅުވި އެވެ.

ރޮއިޓާސްއަށް މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ޓްވިޓާއިން މުސްކްގެ ހުށަހެޅުން ރިވިއު ކުރާނީ ގޯލްޑްމަން ސެކްސް ކޯ އާއި ވިލްސަން ސަންސީނީ ގުޑްރިޗް ރޮސާޓީގެ ލަފަޔާ އެކު އެވެ.

ޕްރީ މާކެޓް ޓްރޭޑިންގައި އެ ކުންފުނީގެ ހިއްސާތައް 12 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ޓެސްލާގެ ހިއްސާތައް ވަނީ ގާތްގަނޑަކަށް 1 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ރިފައިނިޓިވް ޑޭޓާއިން ދައްކާ ގޮތުގައި ޖުމްލަ ވިޔަފާރީގެ އަގުކޮށްފައިވަނީ 763.58 މިލިއަން ހިއްސާގެ ތެރެއިން ނުދައްކާ ހުރި ހިއްސާގެ މައްޗަށެވެ.

2009 ވަނަ އަހަރު ޓުވިޓާ ވަނުމަށްފަހު މަސްކް ވަނީ 80 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެއްކޮށްފަ އެވެ. 2009 ވަނަ އަހަރު މި ޕްލެޓްފޯމް ބޭނުންކޮށްގެން ގިނަ އިއުލާނުތަކެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި އޭނާ ހޫނު ފެނަށް ވެއްޓުނީ ޓެސްލާ ވިއްކާލަން ހެދި ޓީޒާއަކާ ހެދި އެވެ.

އޭނާ ވަނީ ޓްވިޓާގެ ކުރީގެ ހިއްސާދާރުން ހިއްސާ ހާމަކުރަން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރުވި ކަމަށް ބުނެ، އަދި އޭގެ ސަަބަބުން އެ ކުންފުނީގެ ހިއްސާގެ އަގު ފަހަކަށް އައިސް އުފުލި އަދި އެ ހިއްސާތައް ގެއްލިފައިވާ ކަމަށް ބުނެ މައްޗަށް ދައުވާ ކޮށްފަ އެވެ.

ފާއިތުވެދިޔަ މަސްތަކުގައި ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު ހީކުރި ވަރަށް ވުރެ ދަށްވުމުގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އޯޑިއޯ ޗެޓް ރޫމްތަކާއި ނިއުސްލެޓާ ފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާއިރު، ޓްވިޓާގެ ކުރިއެރުމުގެ މުސްތަގުބަލާ މެދު ވަނީ ޝައްކު އުފެދިފަ އެވެ. -- ރޮއިޓާސް