ހިޔާ ފްލެޓްތަކުގެ ކުނި ކުނި އުކާލުމުގެ ހިދުމަތަށް އަންނަ މަހުން ފެށިގެން ފައިސާ ނަގަން ފަށާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯއިން ބުނީ އަންނަ މަހުން ފެށިގެން ހިޔާ ފްލެޓުން ކުނި އުކާލުމުގެ ހިދުމަތަށް ފައިސާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ މަހަކު 150 ރުފިޔާ ގެ ރޭޓުން ބިލްކުރެވޭނެ ހިދުމަތެއް ކަމަށާއި، ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލް ރަޖިސްޓަ ކުރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވެނޭ ކަމަށް ވެމްކޯއިން ބުނެ އެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއް ކަމަށާއި އަދި މިނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް މިކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް" ކެޕްސް ހިދުމަތަށް އެދިލެއްވުމަށް ވެމްކޯއިން އިލްތިމާސްކޮށްފައިވެ އެވެ.

ކެޕްސް ހިދުމަތަށް ބުކިންއެއް ހައްދާލުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ވެމްކޯގެ ހޮޓްލައިން (1666) އަށް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ގުޅުއްވުމަށް ވެމްކޯއިން އެދިފައިވެ އެވެ.