ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބައެއް ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއާ އަޅާބަލާއިރު މަދުވެފައިވާ ދަނޑިވަޅެއްގައި ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ ދިގު ދެމިގެންދާ ކަމުގައިވާ ނަމަ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި އެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. އޭގެ އިތުރަށް ކުރަންޖެހޭނީ ކޮންކަމެއްތޯ ދިރާސާކުރަމުން އަންނަ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާއެކު ޝިޕިން އިންޑަސްޓްރީއަށް ލޮޅުންތަކެއް އަރާފައިވާއިރު، މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ވެސް އެ ސިނާއަތަށް ބޮޑު ލޮޅުމެއް އަރާފައިވާ ކަމަށެވެ.

ކޮވިޑާއެއްކޮށް ވަރަށް ބޮޑު ލޮޅުމެއް އަރާފައި މިއޮތީ ޝިޕިންއަށް. ދެން އެނގިވަޑައިގަންނަވާނެ 2،000 ޑޮލަރަށް ގެނެވޭ ކޮންޓެއިނަރުތައް 6،000 ޑޮލަރަށް އަރައިގެން ގޮސްފައި ހުރިކަން ކޮވިޑަށްފަހު. އެ އަނެއްކާ ވެސް ދަށަށް ޖަހާލާފައި އޮތްވާ ރަޝިޔާ ހަނގުރާމަ އައީމަ ވަރަށް ބޮޑެތޮ ލޮޅުންތަކެއް އެބަހުރި،
ފައްޔާޒް

"ކޮވިޑާއެއްކޮށް ވަރަށް ބޮޑު ލޮޅުމެއް އަރާފައި މިއޮތީ ޝިޕިންއަށް. ދެން އެނގިވަޑައިގަންނަވާނެ 2،000 ޑޮލަރަށް ގެނެވޭ ކޮންޓެއިނަރުތައް 6،000 ޑޮލަރަށް އަރައިގެން ގޮސްފައި ހުރިކަން ކޮވިޑަށްފަހު. އެ އަނެއްކާ ވެސް ދަށަށް ޖަހާލާފައި އޮތްވާ ރަޝިޔާ ހަނގުރާމަ އައީމަ ވަރަށް ބޮޑެތޮ ލޮޅުންތަކެއް އެބަހުރި،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ޔޫރަޕްގެ ޝިޕިން ލޮޖިސްޓިކްސްއަށް ވަރަށް ބޮޑު ބުރޫއެއް އަރާފައިވާ ކަމަށެވެ.

"އެއީ ޔޫކްރެއިން ޕޯޓާއި ބްލެކް ސީއާ އެތަންތަނުގެ މޫވްމަންޓްސް ހުރި ގޮތާއި އެކަހަލަ ހަނގުރާމައެއް ތެރޭގައިވީމަ ޝިޕިންއަށް އަންނާނެ ވަރަށް ބޮޑު ލޮޅުންތައް އެބަހުރި،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޝިޕިންގެ އިތުރުން ބައެއް ކަހަލަ ތަކެތި ހޯދުމުގައި ވެސް ދަތިތަކެއް އުޅޭ ކަމަށެވެ. އެގޮތުން ކޮންސްޓަރަކްޝަނަށް ބޭނުންވާ ސާމާނާއި، ތެލާއި ބައެއް ކަހަލަ ކާބޯތަކެތި ފައްޔާޒު ފާހަގަކުރެއްވި އެވެ.

"ހާއްސަކޮށް ކޮންސްޓްރަކްޝަން މެޓީރިއަލްއާއި ކާބޯތަކެތީގައި. އަދި އޭގެ އިތުރުން ތެޔޮ އަގުބޮޑުވުން، އެހެންވީމަ ތެޔޮ އަގުބޮޑުވީމަ ހުރިހާ އެއްޗެއް އަގުބޮޑުވެގެންދާނެ. އޭގެ ލޮޅުން އަޅުގަނޑުމެންނަށް އެބަ އަރާ،" މިނިސްޓަރު ވިދާޅުވި އެވެ. "މި ދޭތެރެއިން މަސްވެރިންނަށް އެ ދިމާވި ކަންކަމުގައި ތެޔޮ އަގުބޮޑުވުމަކީ ވެސް އޭގެ ކަންކަން. ޔޫކްރެއިންއަކީ އަޅުގަނޑުމެންގެ ފުޑް ސަޕްލައިގެ ވަރަށް ބޮޑު ހިއްސާއެއްވާ ގައުމެއް. ހާއްސަކޮށް ކުކުޅު ކަހަލަ އެއްޗެހީގެ ވަރަށް ބޮޑު ހިއްސާއެއް އެބަކުރޭ. ތި ބޭފުޅުންނަށް ވެސް ފާހަގަކުރެވޭނެ ކުކުޅުގެ އަގު ވަރަށް ބޮޑުވެގެން ގޮސްފައި ހުރިކަން."

މި ދޭތެރެއިން މަސްވެރިންނަށް އެ ދިމާވި ކަންކަމުގައި ތެޔޮ އަގުބޮޑުވުމަކީ ވެސް އޭގެ ކަންކަން. ޔޫކްރެއިންއަކީ އަޅުގަނޑުމެންގެ ފުޑް ސަޕްލައިގެ ވަރަށް ބޮޑު ހިއްސާއެއްވާ ގައުމެއް. ހާއްސަކޮށް ކުކުޅު ކަހަލަ އެއްޗެހީގެ ވަރަށް ބޮޑު ހިއްސާއެއް އެބަކުރޭ. ތި ބޭފުޅުންނަށް ވެސް ފާހަގަކުރެވޭނެ ކުކުޅުގެ އަގު ވަރަށް ބޮޑުވެގެން ގޮސްފައި ހުރިކަން.
ފައްޔާޒް

ފައްޔާޒު ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައަށް ވާނީ ކިހިނެތްކަން ކަށަވަރުވާއިރު، ރައްޔިތުންނާއި ވިޔަފާރިތަކުން ވެސް ސަމާލުވެ ތިބެންޖެހޭ ކަމަށެވެ. އަދި އިސްރާފު ނުކޮށް، ރަނގަޅު ކަންކަމަށް ހަރަދުކުރުމާއި، ވިޔަފާރިތަކުން ވެސް ގެއްލުން ވީހާ ވެސް ކުޑަވާނެ ގޮތަކަށް އިންވެސްޓްކުރުން މުހިއްމުކަން މިނިސްްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އޮންނާނެ އެންމެ ބޮޑު އެއް ގޮންޖެހުން އެއީ ދަރަނި ހޯދުމާއި މެނޭޖްކުރުން. އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އޭގެ އުނދަގޫތަކެއް ނާންނާނެ މިންވަރެއްގައި ތަރައްގީގެ މަޝްރޫޢުތަކާއި ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކުރަންޖެހޭ ކަންތައްތަކެެއް ކުރަމުންދާނަން،" ފައްޔާޒު ވިދާޅުވި އެވެ.