މޫދު އަޑީގައި އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ނޭވާ ހިފަހައްޓާލުމުގެ ރިކޯޑެއް އައު ކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލުމަށް ފްރީ ޑައިވްއިން ނިންމައިފި އެވެ.

ފްރީ ޑައިވް މޯލްޑިވްސް އިން ބުނީ އަމާޒަކީ 2019 ގައި ހެދި ރެކޯޑް މުގުރާލަން ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުން ކަމަށެވެ. "ނޭވާ" ގެ ދެވަނަ އިވެންޓް ބާއްވަން ހަމަޖެހިފައި އޮތީ މި އަހަރުގެ އޮކްޓޫބަރު މަހު އެވެ.

މި އިންވެންޓަކީ އެންމެ ގިނަ ބަޔަކު އެއްފަހަރާ ފްރީ ޑައިވްކޮށްގެން ނޭވާ ހިފަހައްޓާލައިގެން ހަދާ ރެކޯޑެކެވެ.

މި ރެކޯޑް މިހާރުވެސް މުގުރާލާފައިވަނީ ރާއްޖެއިންނެވެ. އެއީ 2019 ވަނަ އަހަރު 521 މީހުނާއެކުއެވެ.

މި އިވެންޓްގެ ވީޑިއޯކޮށް ޑޮކިއުމެންޓްރީ ހަދައި ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް އަދި ޔޫޓިއުބްގައި ވެސް އާންމުކުރަން ހަމަޖެހިފައިވެ އެވެ.

"ނޭވާ 2" ގެ މައި ސްޕޮންސަރަކީ އެމްޑަބްލިއުއެސްސީ އެވެ. މި އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.