އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރެކު ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ބުނީ އަމިއްލަ މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް ރެކް އަދި ރެކްގެ ހަރުފަތްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން sto.mv އިން ރެކް ވެންޑާ ފޯމު ޑައުންލޯޑްކޮށް، ފުރިހަމަ ކުރުމަށް ފަހު [email protected] އަށް ސަބްމިޓް ކުރަންޖެ ހޭނެ ކަމަށެވެ.

ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދޫކުރާނެ އަދި ކުއްޔަށް ދޭ ފަރާތްތައް ނަގާނެގޮތުގެ މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކާއި ހިއްސާ ކުރެވޭނެކަމަށް އެސްޓީއޯއިން ހާމަކުރެ އެވެ.

އެސްޓީއޯގެ ސުޕަމާކެޓްއަށް ބޮޑު މަރާމާތެއް ކުރުމަށްފަހު އަލުން ހުޅުވިއިރު އަމިއްލަ ވިޔަފާރިތަކަށް ވަނީ ފުރުސަތު ދީފަ އެވެ.

މިގޮތުން އެސްޓީއޯގެ ތެރޭގައި ނިއު އެޑިޝަން، ސިޓީ އިންވެސްޓްމަންޓް، މަޑިހާ ކޮމްޕެނީ، އަސްރަފީ ބުކްޝޮޕް، ޕޮއިސް، މެކްސްކޮމް، މެރަތަން މޯލްޑިވްސް އަދި ޕީކަބޫއިން ލިބޭ އެކި މުދަލާއި ޚިދުމަތް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ.