މަންޓާ އެއާގެ ފަރާތުން މިއަހަރު އީދު ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުން މިއަދު ދަތުރުކުރި ހުރިހާ ދަތުރުވެރިންނަށް އީދު ހަދިޔާ ދީފި އެވެ.

މަންޓާ އެއާއިން އީދު ހަދިޔާގެ ގޮތުގައި ދަތުރުވެރިންނަށް މެކްރޫންސް ހަދިޔާކޮށްފައިވެ އެވެ. މިގޮތުން މަންޓާ އެއާގެ ޑޮމެސްޓިކް އޭޓީ އާރު ބޯޓުތަކުގައި ދަތުރުކުރި ދަތުރުވެތިންނަށާއި އަދި އެ ކުންފުނިން އޮޕަރޭޓްކުރާ ޑީއެޗްސީ – 6 މަރުކާގެ މޫދައްޖައްސާ ބޯޓުތަކުން މިއަދު ދަތުރުކުރި ދަތުރުވެރިންނަށް ވެސް އީދު ހަދިޔާ ދީފައިވެ އެވެ.

މަންޓާ އެއާއިން އީދު ހަދިޔާ ދެނީ

މަންޓާ އެއާއަކީ ރާއްޖޭގައި އެންމެފަހުން އުފެއްދި އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއާލައިން އެވެ.

މިގޮތުން ކުރު މުއަދަތެއްގެ ތެރޭގައި ފަސިންޖަރުންގެ އިތުބާރުހޯދާ މަންޓާއިން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދާފަ އެވެ.

މިހާރު މަންޓާ ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުންކުރާ އޭޓީއާރު 72-600 މަރުކައިގެ ތިން ބޯޓާއި ޑީއެޗްސީ-600 މަރުކައިގެ މޫދައް ޖައްސާ 11 ބޯޓު އޮޕަރޭޓްކުރެ އެވެ.