ރާއްޖޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން، ޕިއްޒާ ކިޗަންގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ދޭން އެ ރެސްޓޯރަންޓުން ނިންމައިފި އެވެ.

ޕިއްޒާ ކިޗަންގެ މި ހާއްސަ އޮފާއާ ބެހޭ ގޮތުން އެ ރެސްޓޯރަންޓުން ބުނީ، ރާއްޖޭގައި މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ ރެސްޓޯރެންޓަށް ދޭ އޯޑާތަކަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

މިގޮތުން އޯޑަރު ކުރަން ބޭނުން ފަރާތްތަކުން ޕިއްޒާ ކިޗަންގެ ނަންބަރު 3356565 ނަންބަރަށް ގުޅައިގެން ވެސް ނުވަތަ 7876565 އަށް ވައިބަރ ކޮށްގެން ވެސް އޯޑަރު ކުރެވޭނެ ކަމަށާއި، މާލެ އާއި ހުޅުމާލޭގެ ކޮންމެ ސަރަހައްދަކަށް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެ އެވެ.

ޕިއްޒާ ކިޗަންއިން މިވަގުތު ޑައިން އިންގެ ޚިދުމަތް ދިނުން މެދުކަނޑާލާފައިވީ ނަމަވެސް އަންނަ ހަފްތާގައި ޑައިން-އިންގެ ޚިދުމަތް ވެސް އެތަނުން ލިބޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެ އެވެ.

ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6 ނަމްބަރު ގޯޅީގަ އެވެ.