Advertisement

ހިލޭ ސްކައިޑިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި

FacebookTwitterWhatsAppTelegramViber

އަންނަ މަހު ރާއްޖޭގައި ބާއްވާ ސްކައިޑައިވް މޯލްޑިވްސް ހަރަކާތުގައި ހިލޭ ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާ އިން ފަށައިފި އެވެ.

ސްކައި ގައިޒް ޕްރައިވެޓް ލިމިޓެޑްއާ ގުޅިގެން، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަންޓާ އެއާ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ:

  1. މަންޓާ އެއާ އަދި ސްކައިޑައިވް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުން
  2. ޕްރޮމޯޝަނަށް ހާއްސަ ޕޯސްޓްގައި، ސްކައިޑައިވް ކުރަންދާއިރު އެ މީހަކު ގެންދަން ބޭނުންވާ ފަރާތެއްގެ ނަން ޓެގް ކުރުން

މި ޕްރޮމޯޝަން އިން ނަސީބުވެރި އެކަކު ހޮވައި އެ މީހަކަށް ދެ ފަހަރު "ޓެންޑަމް ސްކައިޑިވް" ކުރުމުގެ ފުރުސަތުގެ އިތުރުން، މަންޓާ އެއާ އިން ދެކޮޅު ޓިކެޓް ދޭނެ އެވެ.

ނަސީބުވެރިޔާ ހޮވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

"ޓެންޑަމް ސްކައިޑައިވް" އަކީ އަލަށް ސްކައިޑިވް ކުރާ ފަރާތްތަކަށް މި ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ބޭނުންކުރާ ސްކައިޑިވް ކުރުމުގެ ވައްތަރެކެވެ. އެގޮތުން، ޓެންޑަމް ސްކައިޑިވް ކުރާއިރު ފުންމާލާނީ ތަޖުރިބާކާރު އިންސްޓްރަކްޓަރަކާ އެކު، ދެ މީހުންނަށް އެއްކޮށް ފަރުމާކޮށްފައިވާ ހާއްސަ ވައިކުޑައެއްގަ އެވެ.

ސްކައިޑިވް މޯލްޑިވްސް ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 އިން 24 ގެ ނިޔަލަށް ގއ. ކޫއްޑޫގަ އެވެ. މި ހަރަކާތުގައި، ދުނިޔޭގެ 20 ގައުމަކުން 300 އަށް ވުރެ ގިނަ ލައިސަންސްޑް ސްކައިޑައިވަރުން ބައިވެރިވާނެ އެވެ.

ކޫއްޑޫ އަކީ މަންޓާ އެއާ އިން އެންމެ ފަހުން އުދުހެން ފެށި މަންޒިލެވެ. އެގޮތުން ކޫއްޑޫ އަށް ދަތުރުތައް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ މަންޓާ އެއާގެ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮންނައިރު، އެ އެއާލައިނުން މިވަގުތު ދަތުރުކުރަނީ ތިން މަންޒިލަކަށެވެ. އެއީ، ދ. ކުޑަހުވަދޫ އަދި ބ. ދަރަވަންދޫގެ އިތުރުން، އެންމެ ފަހުން ދަތުރު ފެށި ގއ. ކޫއްޑޫ އަށެވެ.

މަންޓާ އެއާ އިން ވަނީ މިދިޔަ ނޮވެމްބަރު މަހު ސީޕްލޭންގެ ހިދުމަތް ވެސް ފަށާފަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޝެޑިއުލް ސީޕްލޭން ހިދުމަތެވެ. މި ހިދުމަތް ދިނުމަށް ހަ ސީޕްލޭން ގެނެސްފައިވާއިރު، އިތުރު ހަތަރު ސީޕްލޭން ގެނައުމުގެ މަސައްކަތް އެ އެއާލައިން އިން އަންނަނީ ކުރަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top