މާލޭ ސަރަހައްދުގެ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކުރަން އިތުރު 15 ބަސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގެނެސްފި އެވެ.

މާލެއަށް މި ބަސްތައް ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެކަން ފާހަގަކޮށް އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމް ވަނީ މިބަސްތަކުގެ ފޮޓޯތަކެއް ވެސް ޓްވީޓް ކޮށްފަ އެވެ.

އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމާ އެއްގޮތަށް ގެނައި ބަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭ ގެނައި ބަސްތަކުގެ ތެރޭގައި ހިމެނެނީ ޑަބަލް ޑެކާ ބަސްތަކެކެވެ.

އެމްޓީސީސީގެ މީޑިއާ އޮފިޝަލަކު މިއަދު "ހުރިހާ"އަށް ވިދާޅުވީ އަލަށް ގެނައި ބަސްތައް ބޭނުންކޮށްގެން އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ދަތުރުތައް ފަށާނެ ކަމަށެވެ. އަދި އެ ބަސްތަކުގެ ދަތުރުތައް ފެށުމާ އެކު ދެ ވަނަ ފިޔަވައްސާއި މާލެއާ ދެމެދު ކޮންމެ 15 މިނެޓަކުން ދަތުރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކޮށް ދާއިމީ ހައްލެއް ހޯދުމަށް އެމްޓީސީސީއިން ގެނައި ބަސްތައް ރޭ މާލެއަށް ބާލަނީ. ފޮޓޯ: އެމްޓީސީސީ

އޭނާ ވިދާޅުވި ގޮތުގައި އެ ބަސްތަކުގެ ދަތުރުތައް ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

"މިއީ މާލެ ސަރަހައްދުގެ ބަސް ދަތުރުތަކަށް އޮންނަ ޑިމާންޑަށް ކޭޓާކުރަން ގެނައި ބަސްތަކެއް. މިއާއެކު މިހާރު ދިމާވެފައިވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އަލަށް ގެނައި ބަސްތަކުގެ ތެރެއިން ކޮންމެ ބަހެއްގައި ގާތްގަނޑަކަށް 80 މީހުންނަށް ވުރެ ގިނަ މީހުން އުފުލޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.