Advertisement

އެސްޓީއޯ އިން ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިން ވޯކްޝޮޕެއް ބާއްވަނީ

FacebookTwitterWhatsAppTelegramViber

އައިޖީއެމްއެޗްގައި އަލަށް ފަށާ ހިދުމަތެއް ކަމަށްވާ ޕްރީނޭޓަލް ސްކްރީނިން އާއި ނިއުބޯން ސްކްރީނިންގެ ހިދުމަތާ ގުޅޭ ވޯކްޝޮޕެއް، އައިޖީއެމްއެޗް އާއި އެސްޓީއޯ ގުޅިގެން ބާއްވަން ނިންމައިފި އެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 އިން 16 އަށެވެ.

ޕްރީނޭޓަލް ސްކްރީނިން އަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނައިރު އެ ކުއްޖާ ބައެއް ބަލިތަކަށް ސްކްރީން ކުރެވި، ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި އެ ކަންކަން ދުރާލައި ދެނެގަތުމަށް މަގުފަހިވެގެންދާ ހިދުމަތެކެވެ. އަދި ނިއުބޯން ސްކްރީނިންގެ ހިދުމަތްތަކީ ވިހެއުމަށް ފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތައް ދެނެގަތުމަށް، ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވޭ ސްކްރީން ކުރުމުގެ ހިދުމަތެކެވެ.

ޕްރީނޭޓަލް ސްކްރީނިން އާއި ނިއުބޯން ސްކްރީނިން ހެދުމަށް ބޭނުންވާ ވަސީލަތްތައް އަޖީއެމްއެޗަށް ފޯރުކޮށްދީފައި ވަނީ އެސްޓީއޯ އިންނެވެ.

އެސްޓީއޯ މެޑިކަލްސްގެ ސީނައަ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމުގަ އާއި މިކަމާ ގުޅޭ ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމުގައި އެސްޓީއޯ އިން އިސް ދައުރެއް އަދާކުރާ މައިގަނޑު ސަބަބަކީ މިކަމުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރާނެ ފައިދާ ބޮޑުވުމެވެ.

އެސްޓީއޯ އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ބޭސް އަދި ސިއްހީ ދާއިރާ އަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދޭ ފަރާތް ކަމަށްވެފައި، ކުންފުނީގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖޭގެ ސިއްހީ ހިދުމަތްތައް ކުރިއަރުވާ އަދި ފައިދާކުރާނެ އެކިއެކި ކަންކަން ތައާރަފްކުރުމުގެ މަސައްކަތަކީ ކުންފުނިން ވަރަށް އަހައްމިއްޔަތު ކަމެއްދީގެން ކުރާ ކަމެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. މިގޮތުން، އަލަށް އުފަންވާ ކުދިންނާއި މާބަނޑު މީހުން ސްކްރީނިން ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނާ ބެހޭގޮތުން އައިޖީއެމްއެޗްގެ މި ކަންތައްތަކުގައި އުޅޭ ޑޮކްޓަރުންނާއި މަޝްވަރާކުރެވި، މި ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ،

މިއީ ކުރިން ނަމަ، ރާއްޖެ އިން ބޭރަށް ގޮސް ނުވަތަ ސާމްޕަލް ފޮނުވައިގެން ހެދެން ހުންނަ ޓެސްޓްތަކެކެވެ. މި ހިދުމަތްތައް ރާއްޖޭގައި ފެށުމުގެ ސަބަބުން ސިއްހީ ހިދުމަތް ދޭ ތަންތަނުން ދޭ ހިދުމަތްތައް ކުރިއެރުމުގެ އިތުރުން، މިއީ މިކަމަށް އެެދި ބޭނުންވެފައި ތިބި ރައްޔިތުންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top