Advertisement

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުން އަދި މަޖިލިސް މެމްބަރުން / ފޮޓޯ: ރ.އޮފީސް

ކައުންސިލްގެ އެސްޖީގެ މުސާރަ ކަނޑައަޅައިފި، އެކި ކައުންސިލްތަކުގަ އެކި ވަރަށް

FacebookTwitterWhatsAppTelegramViber

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ހަމަޖައްސާފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރަ އާއި އިނާޔަތް ކަނޑައަޅައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ޒިންމާދާރު ވެރިންނަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން، މި ތިން ކައުންސިލްގެ އެއް މަގާމެއްގެ މުސާރަ އާއި އިނާޔަތް ކަނޑައަޅާފައި ވަނީ އެކި ވަރަށެވެ. އެއީ:

  • ސިޓީ ކައުންސިލްގެ ސެކްޓްރީ ޖެނެރަލް: 20،500ރ. (އަސާސީ މުސާރަ) އަދި 15،000ރ. (އެގްޒެކެޓިވް އެލަވަންސް)
  • އަތޮޅު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް: 12،130ރ. (އަސާސީ މުސާރަ) އަދި 8،870ރ. (އެގްޒެކެޓިވް އެލަވަންސް)
  • ރަށު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް: 9،300ރ. (އަސާސީ މުސާރަ) އަދި 6،800ރ. (އެގްޒެކެޓިވް އެލަވަންސް)

ސީއެސްސީން ބުނި ގޮތުގައި، މިއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހްގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފު ކަމުގައި ކަނޑައެޅިފައިވާ ޖެނެރަލްގެ މަގާމަށް ކަނޑައަޅާފައިވާ މުސާރަ އެވެ. އެ ސިޓީގައިވާ ގޮތުން، މި މަގާމަށް މުސާރަ އާއި އިނާޔަތް ކަނޑައަޅާފައި ވަނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top