Advertisement

އިންޑޮނޭޝިޔާގެ އާ ވެރިރަށް: ޔޫއޭއީގެ ވެރިޔާ، ސޮފްޓް ބޭންކުގެ ބެލުމުގެ ދަށުން

FacebookTwitterWhatsAppTelegramViber

އިންޑޮނޭޝިޔާގެ އާ ވެރިރަށް ބިނާކުރުމުގެ ކޮންސްޓްރަކްޝަން މަސައްކަތް ބެލުމަށް ޢައްޔަންކުރި ޕެނެލް ގެ ޗެއަރ އަކަށް އަބޫދާބީ ގެ ވަލީ އަޙްދު އަމީރު މުޙައްމަދު ބިން ޒާއިދު އަލް ނަހްޔާން ހަމަޖައްސައިފި އެވެ. އާ ވެރިރަށެއް އިނޑޮނޭޝިޔާ އިން މި ބިނާކުރަނީ، އަޑިވަމުން ފުރިބާރުވަމުންދާ މިހާރުގެ ވެރިރަށް ޖަކާޓާ ގެ ބަދަލުގައެވެ.

ސްޓިއަރިންގ ކޮމިޓީ ގައި ހިމެނޭ އެހެން ބޭފުޅުންގެ ތެރޭގައި ސޮފްޓް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ފައުންޑަރ މަސަޔޯޝީ ސޮން އާއި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ހިމެނޭ ކަމަށް އިނޑޮނޭޝިޔާގެ މެރިޓައިމް އެފެއަރސް އެންޑް އިންވެސްޓްމެންޓް ގެ ކޯޑިނޭޓކުރާ މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި ޕެނެލުން ސަރުކާރަށް މަޝްވަރާދޭނީ، 34 ބިލިޔަން އެމެރިކާ ޑޮލަރަށް އާ ވެރިރަށް ބިނާކުރުމަށާއި، އިންވެސްޓަރުންގެ އިތުބާރު ހޯދުމެވެ.

މިހާރުގެ ވެރިރަށް ޖަކާޓާގެ ބަދަލުގައި އިންޑޮނޭޝިޔާ އިން އާ ވެރިރަށް މި އަހަރު ބޯނިއޯ ޖަޒީރާ ގައި ބިނާކުރަން އުޅެނީ، ބާރުމިނެއްގައި އަޑިޔަށްދާ ޖަކާޓާގެ އެ މައްސަލަތައް ޙައްލުކުރެއްވުމަށް ރައީސް ޖޯކޯ ވިޑާޑޯ ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ. ސޮފްޓް ބޭންކުގެ ސޮން މިދިޔަ ހަފުތާގައި ވަނީ، ސުމާޓު އަދި ފެހި ސިޓީއެއްގެ ގޮތުގައި އާ ވެރިރަށް ބިނާމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މި ޕްރޮޖެކްޓު ގައި ދުނިޔޭގެ އެތަކެއް އިންވެސްޓަރުން ބައިވެރިވާން ބޭނުންވެއެވެ.

އާ ވެރިރަށް ބިނާކުރުމުގައި 22.8 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓް ޑީލްތަކެއް ގައި އަބޫދާބީ އާއި އިންޑޮނޭޝިޔާގެ ކުންފުނިތަކާ ދެމެދު ވަނީ މި ހަފުތާ ގައި ސޮއިކޮށްފައެވެ.

މިއާއެކު، ސޮވެރިން ވެލްތު ފަންޑެއް އުފެއްދުމަށް ވެސް ދަނީ މަޝްވަރާކުރަމުންނެވެ

އަދި ނަމެއް ނުދޭ އާ ވެރިރަށަށް 256،000 ހެކްޓަރުގެ ބިން ބޯނިއޯ ޖަޒީރާ އިން ވަނީ ހަމަޖައްސާފައެވެ. އެއީ، ޖަކާޓާގެ ހަތަރު ގުނަ ބޮޑު ސައިޒެކެވެ. 30 މިލިޔަން ގެ އާބާދީއެއް ދިރިއުޅޭ ޖަކާޓާ އަކީ ގިނަގިނައިން ފެންބޮޑުވާ ރަށެކެވެ.

6-7 މިލިޔަން މީހުން ގެ އާބާދީއަކަށް އަމާޒުކޮށް، ވެރިރަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ 2024 އިން ފެށިގެން ފިޔަވަހިތަކެއްގައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top