Advertisement

އެއާޕޯޓް ޓެކްސީ ކިއު އަދި ފެރީ އެއް ސަރަހައްދަކަށް ބަދަލުކޮށްފި

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އާޕޯޓް (ވީއައިއޭ) އަށް ފެރީގައި ދަތުރުކުރާ މީހުން އަރައި ފޭބުން، އެއާޕޯޓްގެ ޓެކްސީ ކިއު މިހާރު އޮންނަ ސަރަހައްދަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއީ ފަސިންޖަރުންނަށް މިހާރަށް ވުރެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށެވެ.

ކުރިން ފެރީ ގާތްކުރަނީ ވޯޓާ ފްރަންޓް ރެސްޓޯރަންޓްތައް ހުންނަ އިމާރާތް ކައިރި އަށެވެ. އެހެން ނަމަވެސް، ދެން އެ ސަރަހައްދު ހާއްސަ ކުރާނީ ލޯންޗުތައް ކައިރި ކުރުމަށެވެ.

ފެރީ އަދި ޓޭކްސީ ކިއު އެއް ސަރަހައްދަކަށް ބަދަލުކުރިއިރު، ޓޭކްސީ ކިއު އަށް ބާރު ބޮޑުވެ، އެ ތަނުގައި ވަރަށް މީހުން ގިނަވާ ފަހަރު ވެސް އާދެ އެވެ.

ވީއައިއޭ އަށް ބާރު ބޮޑުވެ، ފްލައިޓްތައް ޑިލޭވުމުގެ މައްސަލަ ވަނީ މި ދުވަސްވަރު ބޮޑުވެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ، މިއީ، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރު ކަމަށް ވާތީ ޓޫރިސްޓުން އަންނަ އަދަދު މި ދުވަސްވަރު އިތުރުވުމެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top