Advertisement

ޑިސެމްބަރު މަހު 214،776 މީހަކު ރާއްޖެ އެތެރެވި، ފުރީ 194،044 މީހުން

FacebookTwitterWhatsAppTelegramViber

މިދިޔަ ޑިސެމްބަރު މަހު 214،776 މީހަކު ރާއްޖެ އެތެރެވެފައިވާއިރު، 194،044 މީހަކު ރާއްޖެ އިން ފުރާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު ޖުމްލަ 214،776 މީހުން ރާއްޖެ އެތެރެވެފައިވެ އެވެ. އެއީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް އެތެރެވި 211،209 މީހުންނާއި ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް މެދުވެރިކޮށް އެތެރެވި 965 މީހުން އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އެތެރެވި 2،602 މީހުންނެވެ.

މިދިޔަ މަހު ރާއްޖެ އެތެރެވި މީހުންގެ ތެރެއިން، ފަތުރުވެރިންގެ އަދަދަކީ 171،348 އެވެ. އެއީ، ވީއައިއޭ މެދުވެރިކޮށް އެތެރެވި 169،869 ފަތުރުވެރިންނާއި ހަނިމާދޫ މެދުވެރިކޮށް އެތެރެވި 84 މީހުން އަދި ގަމުން އެތެރެވި 1،395 ފަތުރުވެރިންނެވެ.

މީގެ އިތުރުން، އަލަށް ވޯކް ވިސާ ދޫކޮށްފައިވާ 2،502 މީހަކު މިދިޔަ މަހު ރާއްޖެ އެތެރެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވީއައިއޭ މެދުވެރިކޮށް އެތެރެވި 2،447 މީހެއްގެ އިތުރުން ގަމުން އެތެރެވި 55 މީހެކެވެ.

މިދިޔަ މަހު ރާއްޖޭން ފުރި މީހުންގެ އަދަދު 194،044 އަށް އަރަ އެވެ. އެއީ، ވީއައިއޭ މެދުވެރިކޮށް ފުރި 190،821 މީހުންނާއި ހަނިމާދޫން ފުރި 958 މީހުން އަދި ގަމުން ފުރި 2،265 މީހުންނެވެ.

މިދިޔަ މަހު ރާއްޖޭން ފުރި މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 33،860 އެވެ. އޭގެ ތެރޭގައި ހިމެނެނީ، ވީއައިއޭ އިން ފުރި 32،009 މީހުންނާއި ހަނިމާދޫން ފުރި 840 އަދި ގަމުން ފުރި 1011 މީހުންނެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު ރާއްޖެ އައި 165 މީހަކަށް ރާއްޖެ އަށް ވަނުމުގެ ހުއްދަ ނުދީ ފޮނުވާލާފައިވާއިރު، ރާއްޖޭން ފުރުމުގެ ހުއްދަ ނުދީ އޮފްލޯޑް ކުރި ފަސިންޖަރުންގެ އަދަދު 262 އަށް އަރަ އެވެ. މިއީ، މުޅިން ވެސް ވީއައިއޭ މެދުވެރިކޮށް ދަތުރުކުރަން އުޅުނު މީހުންނެވެ.

ހަމަ އެއާ އެކު، މައުލޫމާތު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 11 މައްސަލައެއް މިދިޔަ މަހު ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top