Advertisement

މުންނާރު ރީތިކުރުމުގެ މަސައްކަތް ސްޓެލްކޯގެ އެހީއާ އެކު ކުރިއަށް

FacebookTwitterWhatsAppTelegramViber

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތް ބާރު މިނުގައި ކުރިއަށް އެބަދެ އެވެ.

މުންނާރާއި ހުކުރު މިސްކިތުގެ ހަތަރު ވަޅު ސާފުކޮށް، މަރާމާތްކުރުމުގައި ސްޓެލްކޯ އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، މި މަސައްކަތް ފަށާާފައި ވަނީ މިދިޔަ މަހު އެވެ.

ސްޓެލްކޯ އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނި ގޮތުގައި، މިހާރު ކުރިއަށް ދަނީ މުންނާރުގައި އުވަލުމުގެ މަސައްކަތެވެ.

ހިރި ގަލާއި އުވަ އިން ބިނާކޮށްފައިވާ މުންނާރަކީ މާލޭގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށް ވާއިރު، މި ތަނަށް 300 އަށް ވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ. އެހެންކަމުން، މި ތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ކުލަ އާއި ދަވާދު ބޭނުމެއް ނުކުރެވެ އެވެ. ހަމައެކަނި ބޭނުންކުރަން ޖެހެނީ އުވަ އެވެ.

މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައި ވަނީ، މުންނާރު ސާފު ނުކުރާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top