Advertisement

ސިޓީ ކައުނސިލުން މިއަދު ވަނީ ގަވާއިދާ ހިލާފަށް ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން ފަށާފައި/ ފޮޓޯ: މާލޭ ސިޓީ ކައުނސިލް

މާލޭ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން ފަށައިފި

FacebookTwitterWhatsAppTelegramViber

މާލެ އާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުފަހަރާއި ގިނަ ދުވަސްތަކެއް ވަންދެން ދަތުރުނުކޮށް އަޅާފައި ހުރި އަޅަނދުފަހަރު ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އެ މަސައްކަތް ފަށާފައި ވަނި މިއަދު ހެނދުނު މަސް މާރުކޭޓު ހިމެނޭ ސަރައްހައްދުންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލެ އާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާ ބެހޭ ގަވާއިދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފަށް، ސަލާމަތީ ސެޓްފިކެޓް ނެތި ރަޖިސްޓްރީ ނުކޮށް އަދި އެއްގޮތަކަށް ވެސް ދަތުރުނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކި ސަރަހައްދުތަކުގައި އަޅާފައި ހުންނަ އުޅަނދުތައް ނެގޭނެ ކަމަށެވެ. މި އުޅަނދުތައް ނަގަން މި ފެށީ މި ނަގާނެކަން ކުރިން އިއުލާން ކުރުމަށް ފަހުގަ އެވެ.

ސިޓީ ކައުންސިލުން ބުނީ، ބައެއް އުޅަނދުތަކުގައި ސާފުތާހިރުކަމުގެ ސެޓްފިކެޓާއި ދައުލަތުގެ ކަމާ ބަހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލާ މަސް ގެންގުޅޭ ފެކްޓްރީ ހަދައިގެން މަސް ގެންގުޅުމާއި ވިއްކުމުގެ ހިދުމަތް ދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އައިސްފޮށި ބަހައްޓައިގެން މަސް ގުދަނެއްގެ ގޮތުގައި ބޭނުންކުރާ އުޅަނދުފަހަރު ހުރިކަން ވެސް ފާހަގަވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެފަދަ އުޅަނދުތައް ވެސް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top