އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އަލަށް ގެނައި ކޮންޓެއިނާ ބޯޓަށް ބޭނުންވާ މީހުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އަލަށް ގެންނަ ކޮންޓެއިނާ ބޯޓް އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށެވެ. އަދި އެބޯޓުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު އެސްޓީއޯއިން ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން 12 ވަޒީފާއަކަށް މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފަ އެވެ.

ކޮންޓެއިނާ ބޯޓަށް ހުޅުވާލި ވަޒީފާތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބެނީ ބޯޓުގެ މާސްޓާ އަށެވެ. އެ މަގާމަށް މަހަކު 115،000 ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ޗީފް އިންޖިނޭރަކަށް މަހަކު 107،000 ރުފިޔާ އަދި ސެކަންޑް އިންޖިނޭރަށް 92،000 ރުފިޔާ މަހަކު ލިބޭނެ އެވެ.

ޝިޕިން ކުންފުނިން ހުޅުވާލި ވަޒީފާތައް:

  • މާސްޓާ، މުސާރަ: 115،650 ރުފިޔާ
  • ޗީޕް އިންޖިނިއާ، މުސާރަ: 107،940 ރުފިޔާ
  • ސެކަންޑް އިންޖިނިއާ، މުސާރަ: 92،520 ރުފިޔާ
  • އިލެކްޓްރިޝަން، މުސާރަ: 53،970 ރުފިޔާ
  • ތާޑް އިންޖިނިއާ، މުސާރަ: 53،970 ރުފިޔާ
  • ތާޑް އޮފިސާ، މުސާރަ: 38،550 ރުފިޔާ
  • އޭބަލް ސީމޭން، މުސާރަ: 15،400 ރުފިޔާ
  • ބޯޒްމަން، މުސާރަ: 18،504 ރުފިޔާ
  • އޮއިލާ، މުސާރަ: 15،400ރުފިޔާ
  • ކުކް، މުސާރަ: 19،000 ރުފިޔާ
  • މެސް ބޯއި، މުސާރަ: 13،560 ރުފިޔާ
  • ވެލްޑާ، މުސާރަ 19،620 ރުފިޔާ

އެމްއެސްއެސް އުފެއްދީ 2020 ވަނަ އަހަރު އެވެ. މި ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން މިހާރު އަމިއްލަ އެއް ބޯޓު އޮޕަރޭޓް ކުރަމުން އަންނަ އިރު މިމަހުގެ ތެރޭގައި ދެވަނަ ބޯޓެއް ރާއްޖެއަށް ގެންނަ އިރު، އަލަށް ގަތް ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.