ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އާބާދުވަމުން އަންނަ ހިޔާ ފްލެޓްގެ ކަސްޓަމަރުންނަށް ހިންގި ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް އިއުލާންކޮށްފި އެވެ.

ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކުށްދެމުންދާ ކުންފުނިން ހިންގި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދުނު ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 50،000 ރ. ދީފައިވެ އެވެ.

ފުރަތަމަ ނަސީބުވެރި ފަރާތް އަބްދުލް ރަހުމާން ހަސަންއަށް 25،000 ދިންއިރު، ދެވަނައަށް ހޮވުނު ނަސީބުވެރިޔާ، އަހުމަދު ނާޒިމްއަށް 15،000 ރ. އަދި ތިންވަނަ ނަސީބުވެރިޔާ އަހުމަދު ޝިޔާމްއަށް 10،000 ރ. ދިރާގުން ދީފައިވެ އެވެ.

ދިރާގުން ބުނީ ދިރާގު ފައިބަ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރެއް ވެސް ހިލޭ ދީފައިވާ ކަމަށެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރު) އެއްވެސް ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 ޕަސެންޓަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 82 ރަށެއް ހިމެނެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 84 ޕަސެންޓް ރަށަކަށް ދިރާގުޓީވީގެ ޚިދުމަތް ފޯރިކޮށްދީފަ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށެވެ.