100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް މ. ދިއްގަރަށް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަދު ސުޕަނެޓްގެ ހިދުމަތް ދިއްގަރަށް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ދިއްގަރުގެ ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެން މިދަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން، އެގޮތުން ދާދި ފަހުން ހޯމް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ގެނައި ބަދަލާއެކު ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ޚިދުމަތް ލިބިގެންދާނެ. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަން،" ނިޔާޒު ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މީގެ އިތުރުން ސުޕަނެޓް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިއްގަރުގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެ އެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، http://ore.do/getsupernet އަށް ފިތާލުމުން ލިބޭނެ އެވެ.