ދިރާގުގެ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިއަހަރުގެ އެ ޕްރޮގްރާމް އިއުލާންކުރުން އޮތީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުމަށް އެ ކުންފުނިން ހިންގާ ސީއެސްއާރު ހަރަކާތްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮގްރާމްގެ މަގުސަދަދަކީ، ޒުވާނުން ބިނާކުރެވިފައިވާ ތައުލީމީ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން ތަރައްގީކޮށް، މަސައްކަތުގެ ހުނަރުތައް ދަސްކޮށްދީ ވިޔަފާރީގެ މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރު މާލޭގައި ހުޅުވާލާފައިވާއިރު، ފުވައްމުލަކު، އޭދަފުށި، ލ އަދި ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮގްރާމްގައި އުމުރުން 18- 30 އަހަރާ ދެމެދު އޭ ލެވެލްއަށް ވުރެ މަތީ ތައުލީމީ ފެންވަރު ހުރި، އަދި ދާއިމީ ވަޒީފާއަކަށް ނުދާ މީހުންނަށް ބައިވެރިވެވޭނެ އެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ދިރާގުގެ އެކި ދާއިރާތަކުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން އެޑްމިނިސްޓްރޭޝަން، ސްޓޯރު އަދި ޕްރޮކިއުމަންޓް، ކޯޕަރޭޓް ސާވިސަސް، ފައިނޭންޝަލް އެކައުންޓިން، ކްރެޑިޓް ކޮންޓްރޯލް އެންޑް ކަލެކްޝަންސް، މޮބައިލް ރޭޑިއޯ ނެޓްވޯކްސް، ފިކްސްޑް މޮބައިލް އެންޑް ޓީވީ ކޯ، ކޮންސިއުމާ ސާވިސަސް، ސޭލްސް އެންޑް މާކެޓް ރިސާޗް އެނަލިސިސް، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ސިސްޓަމްސް އެންޑް ރޯމިން އެންޑް ކެރިއަ ސާވިސަސް ހިމެނެ އެވެ.

ދިރާގުން ދަނީ 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުނުކެނޑި ހިންގަމުންނެވެ. އޭގެފަހުން، 228 އަށް ވުރެ އެޕްރެންޓިސް މި ޕްރޮގްރާމްގައި އެންރޯލް ކުރެވިފައިވާއިރު އޭގެ ތެރެއިން ބައެއް އެޕްރެންޓިސްއަކީ ދިރާގުގެ މަތީ ފަންތީގެ މަގާމުތަކާއި ދިރާގުގެ މަތީ ފަންތީގެ މަގާމުތައް ފުރުއްވަމުން ގެންދަވާ އަދި އެހެން އެކިއެކި ކޯޕަރޭޓް އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ އެޕްރެންޓިސްއަށް ސޮފްޓް ސްކިލްސް އާ ގުޅޭ ގޮތުން އިންހައުސް ސްޓާފް ސްޕެޝަލިސްޓުން ހިންގާ ތަމްރީންތައް ހިންގަން ހަމަޖެހިފައިވެ އެވެ. މިގޮތުން، ޓައިޓައިޓައިމް މެނޭޖް، ޕްރޮޖެކްޓް ޕްލޭނިން، ޕާސަނަލް މެނޭޖްމަންޓް، ޕްރެޒެންޓޭޝަން ސްކިލްސް، އަދި މިނޫންވެސް އެކި ދާއިރާތަކުން ތަމްރީނު ދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 9 ގައި ދިރާގު ހެޑް އޮފީހުގައި އޮންނަ ވޯލްކް-އިން އިންޓަވިއުއަށް ހާޒިރުވާން ޖެހެ އެވެ. އެ އިންޓަވިއު އޮންނާނީ މެންދުރު ފަހު 2:00 އިން ހަވީރު 4:00 އާ ދެމެދު އެވެ. އަދި އިންޓަވިއުއަށް ހާޒިރުވާއިރު އެ ފަރާތްތަކުގެ ސީވީ އާއި ސަޕޯޓިން ޑޮކިއުމަންޓްތައް ގެންދަން ޖެހެ އެވެ. އޭގެ އިތުރުން އެމްއެންޔޫ ޖޮބް ފެއާގައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހާޒިރުވެ މައުލޫމާތު އޮޅުންފިލުވޭނެ އެވެ.

ދިރާގުން މަސައްކަތްކުރަނީ ކުރިމަގުގެ ކޯޕަރޭޓް ތަރިންގެ ދިރިއުޅުން މުއްސަނދިކޮށް، އެ މީހުންގެ ކުރިއެރުމަށް ފުރުސަތު ދީގެން މަސައްކަތުގެ މާހައުލުން އަދި ވަރަށް ކޮލިފައިޑް މެނޭޖްމަންޓް ޓީމްގެ އިރުޝާދުގެ ދަށުން ހުނަރާއި ތަމްރީނު ދިނުމަށެވެ. މި މެދުވެރިކޮށް ޕްރޮގްރާމް، ޒުވާނުންގެ ދިރިއުޅުން މުއްސަނދިކޮށް، މުސްތަގުބަލުގެ ލީޑަރުން އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.