ހުޅުމާލޭގައި އިއްޔެ ހަވީރު ފެށި ފުޑް އެންޑް ބެވެރޭޖް (އެފްއެންޑްބީ) ޝޯގެ އާ އެޑިޝަންގައި ވިލާ ހަކަތަ އަދި ވިލާ ޓްރޭޑިންގެ ޕްރޮޑަކްޓްތައް ދައްކާލަން ފަށައިފި އެވެ.

ކާބޯތަކެތީގެ ގިނަ ބާވަތްތައް ދައްކުވައިދޭ މި ޝޯ ރަސްމީކޮށް ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މިއީ ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެއްތަން ކުރުވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިޔަށް ގެންދާ އެފްއެންޑްބީ ޝޯގައި ހުންނަ ވިލާ ގޭސްގެ ސްޓޭންޑްގައި ގޭސްފުޅިތަކެއް ބަހައްޓާފައި. ފޮޓޯ: އަބީދު | ހުރިހާ

ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިޔަށް ގެންދާ އެފްއެންޑްބީ ޝޯގައިވާ ވިލާ ޓްރޭޑިންގެ ސްޓޭންޑްގައި ހުރީ ވިލާ މާޓުން ވިއްކާ އެކްސްކުލޫސިވް ޕްރޮޑަކްޓްތަކާއި ވިލާ ގޭހުގެ ޕްރޮޑަކްޓްތަކެވެ.

ވިލާގެ ސްޓޭންޑްގައި ހުރި ފާހަގަކޮށްލެވޭ އައިޓަމްތަކުގެ ތެރޭ ޑެއިރީ ސަޕްލަޔާ "އަލްމަރައި"ގެ އުފެއްދުންތަކާއި "ޓޯނީޒް" ޗޮކްލެޓާއި "ރޯސްޓާ" ބްރޭންޑް ލުއިކާނާ އާއި "އެޓީ" ގެ ޕްރޮޑަކްޓްތައް ހިމެނެ އެވެ. މި ޝޯގައި ޕްރޮޑަކްޓެއް ހިލޭ ދައްކާލަ އެވެ. އަދި ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް ގިފްޓް ވައުޗަރާއި ހަދިޔާ އާއި އިނާމު ދިނުން ވެސް އޮވެ އެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިޔަށް ގެންދާ އެފްއެންޑްބީ ޝޯގައި ހުންނަ ވިލާ ގޭސް އަދި ވިލާ ޓްރޭޑިންގެ ސްޓޭންޑްގައި ޕްރޮޑަކްޓްތަކެއް ބަހައްޓާފައި. ފޮޓޯ: އަބީދު | ހުރިހާ

ކޯ-ސްޕޮންސާއެއްގެ ގޮތުގައި ވިލާ ޓްރޭޑިން ހަމަޖައްސާފައުވާ އެފްއެންޑްބީ ޝޯވް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.